މާލީ ހާލަތު ދެނެގަތުމަށް ވަޒީރު ކޮމިޓީއަށް ހާޒިރުކުރަނީ
![](https://dhen.mv/wp-content/uploads/2024/05/mmm-850x548.jpg)
ގައުމުގެ މާލީ ހާލަތު ދެނެގަތުމަށް ފިނޭންސް މިނިސްޓަރު ޑރ. ޑރ. މުހައްމަދު ޝަފީގު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުކުރުމަށް މިއަދު އެ ކޮމިޓީން ފާސްކޮށްފި އެވެ.
ވަޒީރު ހާޒިރުކުރުމަށް ކޮމިޓީއަށް ހުށަހެޅުއްވީ، ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ، މަޖިލީހުގެ ނައިބު ރައީސް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް އެވެ.
ނާޒިމް މިގޮތަށް ހުށަހެޅުއްވީ، މާލިއްޔަތު ކޮމިޓީގެ މަސައްކަތް އާ މަޖިލީހަކުން ފަށައިގަންނައިރު، ގައުމުގެ ހާލަތު ދެނެގަތުން މުހިއްމުކަމަށް ދެކެވަޑައިގަންނަވާތީ އެވެ.
" މިހާރު މާލީ ހާލަތު ދެނެގަތުމަށް އަޅުގނޑުމެން އެބަޖެހޭ އެންމެ ފުރަތަމަކަމަކަށް ކޮމިޓީގެ ހުރިހާ މެމްބަރުން ތިއްބަވައިގެން ކޮމިޓީއަށް ތެދު ސައްހަ މައުލޫމާތު ދެއްވުމަށް ފިނޭންސް މިނިސްޓަރަށް ދަންނަވައިގެން ފެނޭ ވީހާ އަވަހަކަށް ވެސް އެ ބައްދަލުވުން ބާއްވަން. އޭރުން އަޅުގަނޑުމެންނަށް އެނގޭނެތާ މިތިބަ ހިސާބު" ނާޒިމް ވިދާާޅުވި އެވެ.
އޭނާގެ މި ހުށަހެޅުއްވުން ފާސްވީ އިދިކޮޅު މެމްބަރުން ވެސް ހިމެނޭ ގޮތަަށް، ކޮމިޓީއަށް ވަޑައިގެން ތިއްބެވި ހުރިހާ މެމްބަަރުންގެ އިއްތިފާގުން ނެވެ.