ޚަބަރު

ބިދޭސީން ދައްކަން ޖެހި ނުދައްކާ ހުރި ފީ ބިލިޔަނަކަށް އަރާ: ހޯމް މިނިސްޓްރީ

އަލީ ސަމާޙް ، ދެން އޮންލައިން
ބިދޭސީންގެ ޑާޓާ އެއްކުރަން ކުރިއަށް ގެންދާ ''ކުރަނގި'' އޮޕަރޭޝަންގެ ތެރެއިން/ ފޮޓޯ: މިހާރު

ވަޒީފާދޭ ފަރާތުގެ ނަންމަތީގައި ރަޖިސްޓަރީ ކުރެވިފައިވާ ބިދޭސީ މަސައްކަތްތެރީންގެ ފީގެ ގޮތުގައި ދައުލަތަށް ދައްކަން ޖެހޭކަމަށް ބެލެވޭ 1.7 ބިލިއަން ރުފިޔާ ވަޒީފާދޭ ފަރާތްތަކުން ދައުލަތަށް ނުދައްކާ ހުރިކަމަށް ހޯމް މިނިސްޓްރީން މިރޭ ބުނެފި އެވެ.

Ads by MWSC

އެ މިނިސްޓްރީން މިރޭ ސަރުކާރުގެ ގެޒެޓްގައި ކުރި އިއުލާނެއްގައި ބުނީ، ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނާއި ގުޅިގެން ދޫކުރާ ހުއްދަތަކަށް ވަޒީފާއާ ބެހޭ ގާނޫނާއި ގަވާއިދުގެ ދަށުން ދައްކަންޖެހޭ ފީތަކާއި ޖޫރިމަނާތައް، 10،619 ވަޒީފާދޭ ފަރާތުގެ ނަންމަތީގައި ރަޖިސްޓަރީ ކުރެވިފައިވާ ކަމަށެވެ.

"އަދި 102،807 ބިދޭސީ މަސައްކަތްތެރީންގެ ފީގެ ގޮތުގައި ދައުލަތަށް ދައްކަންޖެހޭކަމަށް ބެލެވޭ -/1،765،704،400ރ ވަޒީފާދޭ ފަރާތްތަކުން ދައުލަތަށް ނުދައްކާ ހުރިކަން މި މިނިސްޓްރީއަށް ފާހަގަކުރެވިފައިވެއެވެ"

އެހެންކަމުން، މި މަހުގެ 18 ވަނަ ދުވަހުގެ ކުރިން، ވަޒީފާ އަދާކުރާ ބިދޭސީންނާއި ގުޅިގެން ވަޒީފާދޭ ފަރާތައް ޤާނޫނުން ލާޒިމްކުރާ އެންމެހާ ފީތަކާއި ޖޫރިމަނާތައް ދައްކާ ހަލާސްކުރުމަށް މިނިސްޓްރީން ވަނީ އަންގާފައެވެ.

އަދި އެ ދުވަހުގެ ނިޔަލަށް، ފީތަކާއި ޖޫރިމަނާތައް ނުދައްކާ ފަރާތްތައް އާންމުކޮށް އިއުލާނު ކުރުމާއިއެކު، އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އެފަރާތްތައް ސަސްޕެންޑްކޮށް އައު ހުއްދަތައް ދޫކުރުން މެދުކަނޑާލެވޭނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

އިތުރު މައިލޫމާތު ސާފުކުރުމަށް 1500 ގުޅަވައި ނުވަތަ [email protected] އަށް އީމެއިލް ކުރުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

Ads by Ooredoo
  1. ގޮދާ ހަސަނު

    މުއްސަދިން ދައުލަތަށް ދައްކަން ޖެހޭލާރި އެއީ ހޯދޭ އެއްޗެއް ނޫން. ހޯދޭނީ ނިކަމެތި މީޙާ ދައްކަން ޖެހޭ ލާރިކޮޅު.