15 އަހަރުގެ ފިރިހެން ކުއްޖާއަށް ޖިންސީ ގޯނާކުރި މީހާ ހައްޔަރުކޮށްފި
އުތުރުގެ ރަށެއްގައި އުމުރުން 15 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މި މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން މިއަދު ހައްޔަރުކޮށްފައިވަނީ އުމުރުން 20 އަހަރުގެ ފިރިހެނެއް ކަމަށެވެ.
އެ ކުއްޖާ އަށް ޖިންސީ ގޯނާ ކުރި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިދިޔަ ބުދަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ.
ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް ފުލުހުން ވަރަށް ސީރިއަސް ގޮތެއްގައި ބަލަމުން އަންނައިރު، ފުލުހުން ވަނީ މިފަދަ މައްސަލައިގައި ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރި ކުރުމުގެ ގޮތުން ކުއްޖާގެ އަތޮޅާއި ރަށް ހާމަ ނުކުރަން ނިންމާފައެވެ.
Ads by Allied Insurance