ޚަބަރު

ރަންދެލި ރިސޯޓުން ކޮވިޑް-19 އަށް ޓެސްޓުކުރި މީހާ ނައްސިވެއްޖެ

ޝެވަލް ބްލޮންކް ރަންދެލި ރިސޯޓުގައި ހުރި ބިދޭސީއެއްގެ ފަރާތުން ކޮވިޑް-19އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނިގެން، ކުރި ޓެސްޓްގެ ނަތީޖާ ނެގެޓިވްވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ބުނީ ކޮވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ޗަވަލް ބްލަންކް ރަންދެލިން ނެގި ސާމްޕަލްގެ ނަތީޖާ ނެގެޓިވް ވެފައިވާތީ އެ ރިސޯޓު މިހާރު މޮނިޓަރިންގްގެ ހާލަތުން ނެގިފައިވާ ކަމަށެވެ.

ކޮވިޑް-19 ރާއްޖެއިން މިހާތަނަށް 13 ފައްސިވެފައިވާއިރު އެ އެންމެނަކީ ވެސް ބިދޭސީންނެވެ. މީގެ ތެރެއިން އެކަކު މިހާރު ވަނީ އެ ބަލިން މުޅިން ރަނގަޅުވެފައެވެ. އެއީ ހާލު ދެރަވެގެން ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލު ކުރި ބަލި މީހެކެވެ.

ރާއްޖޭގައި ކޮވިޑް-19 ފެނިފައިވަނީ ކުރެއްދޫ އައިލެންޑް ރިސޯޓްގެ ފަސް މީހަކާއި ސޭންޑީސް ބަތަލާ ރިސޯޓްގެ ދެ މީހަކާއި ކުރަމަތި އައިލެންޑް ރިސޯޓްގެ ދެ މީހަކާއި އަނަންތަރާ ދިގު ރިސޯޓްގެ ދެ މީހަކާއި އައިލެންޑް ސަފާރީގެ ދެ މީހެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!