ސައިކަލުތަކުގައި ރޯކޮށްލި މައްސަލައިގައި މީހަކު ހައްޔަރެއް ނުކުރޭ

ރައްޔިތުންގެ މަޖިލިސް ކުރާ ގޭގެ ކުރިމަތީގައި އޮންނަ ޕާކިންގް ޒޯންގައި ހުރި ސައިކަލުތަކެއްގައި ރޯކޮށްލި މައްސަލައިގަިއ މީހަކު ހައްޔަރު ނުކުރާކަމަށް ފުލުހުން ބުނެފި އެވެ.
މިދިޔަ އަންގާރަ ދުވަހުގެ ފަތިހު އަލިފާން ރޯކުރި ހާާދިސާގައި ހަތް ސައިކަލަކަށާއި ވޭނަކަށް ގެއްލުންތަކެއް ލިބުނެވެ. ތިން ސައިކަލެއް ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދައިފަ އެވެ.
މިމައްސަލައާއި ގުޅިގެން މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން މިއަދު ބުންޏެވެ. އެހެންނަމަވެސް މީގެ ކުރިން ފުލުހުން ބުނީ އެކަމުގައި ޝާމިލުވާ މީހާ ދެނެގަނެވިފައިވާ ކަމަށެވެ.
ނޯޓު: މި ހަބަރު ޝާއިއުކުރި ފަހުން މިއަދު ވަނީ މިމައްސަލައިގައި ތުހުމަތު ކުރެވޭ މީހާ ހައްޔަރުކޮށް ބަންދުކޮށްފައި.