ޚަބަރު ސަރުކާރު

އާސަންދަ ރިކޮމެންޑޭޝަން ފޯމު ބަލައިގަތުން ހުއްޓައެއް ނުލާ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން

އާސަންދަ ރިކޮމެންޑޭޝަން ފޯމު ބަލައިގަތުން ހުއްޓައި ނުލާކަމަށް އެ ކުންފުނިން ބުނެފި އެވެ.

Ads by Sosun Fihaara

ރިކޮމެންޑޭޝަން ފޯމު ބަލައިގަތުން ހުއްޓާލާފައިވާކަމަށްބުނެ ބައެއް ފަރާތްތަކުން ވަނީ މީޑިއާގައި ރިޕޯޓުކޮށްފަ އެވެ. މި ފޯމަކީ ރާއްޖެއިން ބޭރަށް ބޭސް ފަރުވާއަށް ދާ ފަރާތްތަކުން ފުރަންޖެހޭ ފޯމެކެވެ.

އާސަންދަ ކުންފުނިން ބުނީ މިހާރު ހަމަޖެހިފައިވާ އިންތިޒާމުގެ ތެރެއިން ބަލި މީހާ ބަލާ ވަގުތު އާސަންދަ ޕޯޓަލްގެ ތެރެއިން ރިކޮމެންޑޭޝަން ފޯމު ފުރާނީ ޑޮކްޓަރު ކަމަށެވެ. އެހެންކަމުން މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން މި ފޯމު ބަލައިގަންނަނީ ހަމައެކަނި ޕޯޓަލް މެދުވެރިކޮށެވެ.

އެ ކުންފުނިން ވަނީ އާސްނަދަ ޕޯޓަލް މެދުވެރިކޮށް ރިކޮމެންޑޭޝަން ފޯމާއި ލިޔުންތައް ފޮނުވުމަށް އަންގައިފަ އެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުން އާސަންދަ ސްކީމްގެ ތެރެއިން 1،691 މީހަކު ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ފޮނުވާފައި ވެއެވެ.

މިހާރު އާސަންދައިގެ ހިދުމަތް ލިބޭ ބޭރު ގައުމުތަކުގެ އިތުރުން ސަރުކާރުން ދަނީ ދިވެހިން އާންމުކޮށް ދަތުރުކުރާ އިތުރު ގައުމުތަކުގައިވެސް އާސަންދަ ހިދުމަތް ފުޅާކުރަން މަސައްކަތް ކުރަމުންނެވެ. އެގޮތުން ރައީސް މުއިއްޒުގެ އެންގެވުމުގެ މަތިން ތައިލޭންޑާއި ޔޫއޭއީން އާސަންދަ ހަމަޖައްސަން ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

މިހާރު އާސަންދައިން ފަރުވާ ހޯދަން ގިނަ ބަޔަކު ބަރޯސާ ވަނީ އަވައްޓެރި އިންޑިއާ އަށެވެ. ބޮޑެތި ބަލިތަކުގައި އެހެން ގައުމުތަކަށް ފަރުވާ ހޯދަން ދާ މީހުން ފައިސާގެ އެހީ ހޯދަން އެދެނީ އެންސްޕާއަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!