ޚަބަރު ސަރުކާރު

ދިވެހި އިސްރަށްވެހިން ލަންކާގައި ވަޒަންވެރިވާން ބޭނުންވޭ، މިނިސްޓަރު ހުއްދައަށް އެދިއްޖެ

މަރިޔަމް އުމްނާ އިސްމާޢިލް ، ދެން އޮންލައިން
މިނިސްޓަރު ޒަމީރު ލަންކާގެ ޕަބްލިކް ސެކިއުރިޓީ މިނިސްޓަރާއި ބައްދަލުކުރައްވަނީ

ދިވެހި އިސްރަށްވެހިން ސްރީލަންކާގައި ވަޒަންވެރިވާން ބޭނުންވާ ކަމަށާއި އެ އިންތިޒާމް ހަމަޖައްސައިދިނުމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ސްރީލަންކާގެ ޕަބްލިކް ސެކިއުރިޓީ މިނިސްޓަރު ޓިރާން އެލެސްގެ އަރިހުން އެދިވަޑައިގަންނަވައިފި އެވެ.

Ads by Hajj Corporation

މިނިސްޓަރު ޒަމީރު މިގޮތަށް އެދިވަޑައިގެންނެވީ އޭނާ މިހާރު ސްރީލަންކާއަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން، ޕަބްލިކް ސެކިއުރިޓީ އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމުގަ އެވެ.

މި ބައްދަލުވުމުގައި މަޝްވަރާކުރެވުނީ، ބޭރުގެ މީޑިއާތަކުން ރިޕޯޓުކުރި ގޮތުގައި އިމިގްރޭޝަންއާއި ވިސާ ދޫކުރުމާ ގެންގުޅޭ ކަންކަމާއި ގުޅިގެން ނެވެ. މިނިސްޓަރު ޒަމީރު ވަނީ ސްރީލަންކާގެ އިމިގްރޭޝަން ޑިޕާޓްމަންޓުން އާ ވިސާ ކެޓަގަރީތައް ތައާރަފްކުރުމުން އެކަމަށް ތައުރީފް ކުރައްވައިފަ އެވެ.

އަދި މިހާރުގެ ސިޔާސީ މަސްރަހާއި ގުޅިގެން ދެބޭފުޅުން ވަނީ ހިޔާލު ބަދަލުކުރައްވާފަ އެވެ.

މިނިސްޓަރު ޒަމީރު މިހާރު ލަންކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެގައުމުގެ ރައީސާއި ސަރުކާރުގެ އިސްވެރިންނާއި ބައްދަލުކުރައްވައި ދެ ގައުމުގެ މެދުގައި އިތުރަށް ގުޅުން ބަދަހިކުރެވޭނެ ދާއިރާތަކާއި ގުޅިގެން މަޝްވަރާކުރައްވާފަ އެވެ.

ސްކޫލް ޗުއްޓީ އަަދި އެ ނޫންވެސް ޗުއްޓީތަކުގައި ލަންކާއަކީ ދިވެހިންގެ މެދުގައި ވަރަށް މަގުބޫލު މަންޒިލެކެވެ. 10،000 އަށް ވުރެ ގިނަ ދިވެހިން މިހާރު ވެސް ލަންކާގައި ވަޒަންވެރިވެގެން އުޅޭއިރު 2022 ގައި އެގައުމަށް ކުރިމަތިވި އިގްތިސާދީ އަނދަވަޅާ އެކު އޭގެ ތެރެއިން ގިނަ ބަޔަކު ވަނީ އެމީހުންގެ ދިރިއުޅުން ރާއްޖެ ބަދަލުކޮށްފަ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!