ޚަބަރު

ރަޝިޔާގައި ކަރަންޓީން ކުރި ދެ ދިވެއްސެއް ކޮވިޑް-19 އަށް ނައްސި ވެއްޖެ

ކޮވިޑް-19 އަށް ޝައްކު ކުރެވިގެން ރަޝިޔާގައި ކަރަންޓީން ކުރި ތިން ދިވެހީންގެ ތެރެއިން ދެ މީހަކު އެ ބައްޔަށް ނައްސި ވެއްޖެއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19ގެ ތަރުޖަމާނު މަބުރޫކް ޢަޒީޒު ވިދާޅުވީ ރަޝިއާގައި ތިބި ދިވެހި ކިޔަވާ ކުދިންގެ ތެރެއިން ތިން ދަރިވަރެއްގެ ކިބައިން ކޮވިޑް-19އަށް ޝައްކުކުރެވޭ އަލާމާތް ހުރެގެން ޓެސްޓް ކޮށްފައިވާކަމަށެވެ. އޭގެ ތެރެއިން ދެ ދަރިވަރުންގެ ޓެސްޓުގެ ނަތީޖާ ނެގެޓިވް ވެފައިވާއިރު އަނެއްކުއްޖާގެ ނަތީޖާ އަދި ލިބިފައިނުވާކަމަށް މަބްރޫކް ވިދާޅުވިއެވެ.

އެނާ ވިދާޅުވީ މިކުދިންގެ ޙާލު ވަރަށް ގާތުން ފޮރިން މިނިސްޓްރީން ބައްލަވަމުންދާކަމަށާ، އަދި މިހާރު މި ތިން ކުދިންގެ ކަރަންޓީންގެ މުއްދަތުވެސް 10 ދުވަހަށް އިތުރުކޮށްފައިވާކަމަށެވެ.

ކޮވިޑް-19 ރާއްޖެއިން މިހާތަނަށް 13 ފައްސިވެފައިވާއިރު އެ އެންމެނަކީ ވެސް ބިދޭސީންނެވެ. މީގެ ތެރެއިން އެކަކު މިހާރު ވަނީ އެ ބަލިން މުޅިން ރަނގަޅުވެފައެވެ. އެއީ ހާލު ދެރަވެގެން ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލު ކުރި ބަލި މީހެކެވެ.

ރާއްޖޭގައި ކޮވިޑް-19 ފެނިފައިވަނީ ކުރެއްދޫ އައިލެންޑް ރިސޯޓްގެ ފަސް މީހަކާއި ސޭންޑީސް ބަތަލާ ރިސޯޓްގެ ދެ މީހަކާއި ކުރަމަތި އައިލެންޑް ރިސޯޓްގެ ދެ މީހަކާއި އަނަންތަރާ ދިގު ރިސޯޓްގެ ދެ މީހަކާއި އައިލެންޑް ސަފާރީގެ ދެ މީހެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!