ސެލޫނެއްގައި ހަށި ވިއްކާ ކަމުގެ ތުހުމަތުގައި ތައިލެންޑް ދެ އަންހެނަކު ބަންދުކޮށްފި

މާލޭގެ ސެލޫނެއްގައި މަސައްކަތް ކުރާ ތައިލެންޑް ދެ އަންހެނަކު، ހަށި ވިއްކާ ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފި އެވެ.
ކްރިމިނަލް ކޯޓުގެ ވެބްސައިޓުގައި އެ ދެ މީހުންގެ ބަންދު އަމުރު އަޕްލޯޑުކޮށްފައިވެ އެވެ. ކޯޓު އަމުރުތަކުން އެނގުނު ގޮތުގައި އެއިން އެކަކަކީ 22 އަހަރުގެ އަންހެނެކެވެ. އަނެކަކަކީ 39 އަހަރުގެ އަންހެނެކެވެ.
ދެ މީހުންގެ ބަންދަށް ވެސް ކޯޓުން ޖެހީ 15 ދުވަހެވެ.
ކޯޓު އަމަރުގައި ފުލުހުންނާ ހަވާލާދީ ބުނެފައިވަނީ ފުލުހުން އެ ސެލޫން ބަލައިފާސްކުރި އިރު ބަރަހަނާ ހާލަތުގައި އިތުރު ދެ މީހަކު ތިބި ކަމަށެވެ.
ޖިންސީ އަމަލު ހިންގުމަށް ބޭނުންކުރާ އާލާތްތައް ވެސް އެ ތަނުން ފެނިފައިވާ ކަމަށް ފުލުހުން ކޯޓުގައި ބުނެފައިވެ އެވެ.
އެއީ ކޮންކަހަލަ އާލާތެއް؟
ކީއްވެބާ އެތަނުގެ ނަން ހާމަކުރަނީ ؟އެއިރުން އެތަނުން އެހެންމީހުން ސަލާމަންވާނީ