ދުނިޔެ

އެމެރިކާއިން ޓައިވާނަށް ހަތިޔާރު ވިއްކާތީ ޗައިނާއިން ކަންބޮޑުވަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އެމެރިކާއިން ޓައިވާނަށް ހަތިޔާރު ވިއްކުމާ ޗައިނާއިން ވަރަށް ބޮޑަށް ދެކޮޅު ކަމަށާއި، އެ ހަތިޔާރުތައް ވަގުތުން އަނބުރާ ގެންދިއުމަށް ވޮޝިންޓަނަށް ގޮވާލާ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.

Ads by WAMCO

އެ މިނިސްޓްރީން ބުނީ އެކަމާ ގުޅިގެން އެމެރިކާއަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.

"[ޗައިނާގެ އަސްކަރިއްޔާއިން] އަސްކަރީ ތަމްރީނުތަކާއި ތަމްރީނުތައް ހަރުދަނާކޮށް، ގައުމީ ސިޔާދަތާއި ސަރަހައްދީ އެއްބައިވަންތަކަން ސާބިތުކަމާ އެކު ދިފާއު ކުރަމުން ގެންދާނެ،" އެ ބަޔާނުގައި ވެ އެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ އެފް-16 ފައިޓާ ޖެޓް ސްޕެއާ އާއި މަރާމާތުގެ ބައިތައް ޓައިވާނަށް ވިއްކުމަށް ގާތްގަނޑަކަށް 80 މިލިއަން ޑޮލަރަށް ހުއްދަ ދީފައި ކަމަށް ޕެންޓަގަންގެ ޑިފެންސް ސެކިއުރިޓީ ކޯޕަރޭޝަން އެޖެންސީން ބުނެފި އެވެ.

ޕެންޓަގަން އިން ބުނީ މި ވިއްކުމުގެ ސަބަބުން ޓައިވާނުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ހަރުދަނާވެ، ސިޔާސީ ހަމަޖެހުމާއި އަސްކަރީ ބެލެންސް ދެމެހެއްޓުމަށާއި ސަރަހައްދުގެ އިގްތިސާދީ ކުރިއެރުމަށް އެހީތެރިކަން ލިބިގެންދާނެ ކަމަށެވެ.

ޓައިވާނުން ބުނީ ޖުލައި މަހުގެ ތެރޭގައި ފައިނަލް ކުރާނެ ކަމަށް ބެލެވޭ މި ސޭލްގެ ސަބަބުން އެގައުމުގެ ވައިގެ އަސްކަރިއްޔާގެ ހަނގުރާމައާއި ދިފާއީ ބޭނުންތަކަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!