ޚަބަރު

ދެފޫޓް ތިންފޫޓް ދުރުގައި ސަފު ހަދައިގެން ކުރާ ނަމާދުގެ ޖަމާޢަތް ޞައްޙައެއް ނޫން

ދެން އެމްވީ ، ދެން އޮންލައިން

ދެފޫޓް ތިން ފޫޓް ދުރުމިނުގައި މީހުންތިބެ ސަފު ހަދައިގެން ކުރާ ނަމާދުގެ ޖަމާޢަތް ޞައްޙަ ނުވާނެ ކަމަަށް ރާއްޖޭގެ ދީނީ ޢިލްމުވެރިއެއް ކަމަަށްވާ ޝައިޚް މުޙައްމަދު ޝާފިޢު ވިދާޅުވެއްޖެއެވެ.

Ads by MWSC

ފޭސްބުކްގައި ދެންމެ ކުރެއްވި ޕޯސްޓެއްގައި ޝާފިޢު މިހެން ވިދާޅުވިއިރު ނުރައްކާތެރި ކޮރޯނާ ވައިރަސް ހަލުވި ކަމާއެކު ފެތުރެމުންދާތީ ގިނަ ގައުމުތަކެއްގައި ޖަމާއަތުގައި ނަމާދު ކުރުން ވަނީ ވަގުތީ ގޮތުން މަނާކޮށްފައެވެ. އަދި އިންޑޮނޭޝިޔާގައި ވެސް މިގޮތަށް ނިންމާފައިވަނިކޮށް އެގައުމުގެ ބައެއް މިސްކިތްތަކުގައި ވަނީ ތިން ފޫޓް ދުރުމިނުގައި މީހުން ތިބެ މިއަދުގެ ހުކުރު ނަމާދު ކޮށްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!