ޚަބަރު

ހުކުރު ނަމާދު ނުކުރުމުން ވެސް އަންގައިދެނީ ބަލިމަޑުކަމުގެ ނުރައްކާތެރިކަން: ވަހީދު

ދެން އެމްވީ ، ދެން އޮންލައިން

މިއަދު މާލޭގައި ހުކުރު ނަމާދު ނުކުރުމުން ވެސް އަންގައިދެނީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ނުރައްކާތެރިކަން ކަމަށް ކުރީގެ ރައީސް މުހައްމަދު ވަހީދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ކޮވިޑް-19އާ ގުޅިގެން އެޅި ސަލާމަތީ ފިޔަވަޅެއްގެ ގޮތުން އިސްލާމިކް މިނިސްޓްރީން ވަނީ މި މަހުގެ 28 ވަނަ ދުވަހުގެ އަސުރު ނަމާދާ ހަމައަށް މާލެ އާއި ރިސޯޓުތަކުގައި ޖަމާއަތުގައި ނަމާދުކުރުމާއި ހުކުރުކުރުން މެދު ކަނޑަލާން އަންގާފައެވެ. އެހެންކަމުން މިއަދު މާލޭގައި އެއްވެސް މިސްކިތެއްގައި ހުކުރު ނަމާދު ކޮށްފައެއް ނުވެއެވެ.

މިކަމާ ގުޅިގެން ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުރަތަމަ ފަހަރަށް މާލޭގައި ހުކުރު ނަމާދު ކެންސަލު ކުރުމުން މިއަދަކީ ވަރަށް ހިތާމަވެރި ދުވަހެއް ކަމަށެވެ.

"މިކަމުން ވެސް އަންގައިދެނީ މި ބަލީގެ ހުރި ނުރައްކާތެރިކަން، ސިއްހީ އިދާރާތަކުން ދޭ އިރުޝާދުތަކަށް އަމަލުކުރުމަށް އެންމެނަށް ވެސް ގޮވާލަން. މާތްﷲ އަޅުގަނޑުމެން އެންމެން ރައްކާތެރި ކުރައްވާށި." ވަހީދު ވިދާޅުވިއެވެ.

މާލޭގައި ހުކުރު ނުކުރި ނަމަވެސް ރާއްޖޭގައި މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށެއްގައި މިއަދު ވަނީ ހުކުރު ނަމާދު ކޮށްފައެވެ. އަދި އާންމުކޮށް އިސްލާމީ މަރުކަޒުން ލައިވް ކޮށް ގެނެސްދޭ ހުކުރު ނަމާދު މިއަދު ގެނެސްދީފައި ވަނީ ކ. ހިންމަފުށިންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!