ދުނިޔެ

ޓައިޕޭ ބަނދަރަށް ސްޕީޑްބޯޓެއްގައި ދިޔަ ޗައިނާ މީހަކު ޓައިވާނުން ހައްޔަރުކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ގަވައިދާ ހިލާފަށް ޓައިޕޭއަށް އެތެރެވާ ކޯރެއްގެ އަނގަމަތީގައި އޮތް ބަނދަރަކަށް ސްޕީޑް ބޯޓެއް އެރި ޗައިނާ މީހަކު ޓައިވާނުން ހައްޔަރުކޮށްފައިވާ ކަމަށް ޓައިވާނުގެ ކޯސްޓްގާޑުން ބުނެފި އެވެ.

Ads by Sosun Fihaara

ޑިމޮކްރެޓިކް އުސޫލުން ވެރިކަން ކުރާ އެ ރަށަކީ އެގައުމުގެ އަމިއްލަ ސަރަހައްދެއްގެ ގޮތުގައި ދެކޭ ޗައިނާއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން ޓައިވާނުން އެގައުމުގެ ކަނޑުގެ ސަރަހައްދާއި ވައިގެ ސަރަހައްދު ވަރަށް ގާތުން ބަލަހައްޓަމުން އަންނަ ކަމަށް ޓައިޕޭ އިން ބުނެ އެވެ.

ޓައިވާންގެ ކޯސްޓްގާޑުން ބުނީ ޓައިވާނުގެ އުތުރުގެ ޓަމްސޫއީގެ އައްސޭރިފަށުން ހަ ނޯޓިކަލް މޭލު ބޭރުން އާދީއްތަ ދުވަހުގެ ހެނދުނު ޝައްކު ކުރެވޭ އުޅަނދެއް ފެނިފައިވާ ކަމަށެވެ. ޓައިޕޭގެ ޑައުންޓައުންއަށް ދާ ތަމްސޫއީ ކޯރަށް ވަނުމަށްފަހު ބޯޓު ފެރީ ޓާމިނަލެއްގައި ހުރި އެހެން އުޅަނދުތަކެއްގައި ޖެހި އެކްސިޑެންޓްވި އެވެ.

ކޯސްޓްގާޑުން ބުނީ ޓައިވާނުން އެތެރެވުމާއި ނުކުތުމުގެ ގާނޫނާ ހިލާފުވި ކަމުގެ ތުހުމަތުގައި އެ ދޯނީގައި ހުރި ހަމައެކަނި ޗައިނާ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ނަމަވެސް އެއީ ކޮން މަގްސަދެއް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

ޗައިނާ އާއި ޓައިވާނުގައި ޗުއްޓީ ހޭދަކުރަމުން އަންނަ ހޯމަ ދުވަހު ޗައިނާގެ ޓައިވާން އެފެއާޒް އޮފީހުގެ ބަހެއް ހޯދުމަށް ގުޅުމުން ވެސް ޖަވާބެއް ދީފައެއް ނުވެއެވެ.

ޗައިނާގެ ގޮނޑުދޮށާ ޖެހިގެން އޮންނަ ޓައިވާނުގެ ކޮންޓްރޯލް އޮންނަ ކިންމެން އައިލެންޑްސް ކައިރީގައި އޮންނަ ޗައިނާގެ ކަނޑުގެ ސަރަހައްދަށް ޓައިވާނުގެ ދެ މަސްވެރިއަކު މިދިޔަ މާޗް މަހު ވަނީ ވަދެފަ އެވެ. އޭގެ ތެރެއިން އެއް ބޭފުޅަކީ ޓައިވާނުގެ އަސްކަރީ އޮފިސަރެއް ޗައިނާގައި ބަންދުގައި ހުންނެވި އިރު، އަނެއް މީހާ ވަނީ އޭގެ ކުޑަ އިރުކޮޅެއް ފަހުން ދޫކޮށްލައިފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!