ޚަބަރު ސަރުކާރު

އާމްދަނީގެ ގޮތުގައި 12 ބިލިއަން ރުފިޔާ ލިބިއްޖެ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ފިނޭންސް މިނިސްޓްރީ އަދި ޓެކްސް އޮތޯރިޓީ ހިންގާ އިމާރާތް

މިދިޔަ މެއި މަހުގެ ނިޔަލަށް ދައުލަތުގެ އާމްދަނީގެ ގޮތުގައި 12.6 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

Ads by Sosun Fihaara

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ މިމުއްދަތާ އަޅާ ބަލާއިރު މިއަހަރު ވަނީ އާމްދަނީ އިތުރުވެފަ އެވެ. އެގޮތުން މިއަހަރު ވަނީ 15.5 އިންސައްތައިގެ އިތުރުވުމެއް އާމްދަނީއަށް ލިބިފަ އެވެ.

މިދިޔަ އަހަރުގެ ފުރަތަމަ ފަސް މަސް ދުވަހު އާމްދަނީގެ ގޮތުގައި ލިބުނީ 10.9 ބިލިއަން ރުފިޔާ އެވެ.

މިއަހަރުގެ މިހާތަނަށް ލިބުނު އާމްދަނީގެ ތެރޭގައި ޑޮލަރުގެ ގޮތުގައި ލިބުނީ 483 މިލިއަނެވެ.

މިއަހަރު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޖެނުއަރީ މަހު އެވެ. އެމަހު ލިބުނީ 3.6 ބިލިއަން ރުފިޔާ އެވެ. ފެބުރުއަރީ މަހު 2.3 ބިލިއަން ރުފިޔާ، މާޗު މަހު 2.9 ބިލިއަން ރުފިޔާ، އޭޕްރީލް މަހު 2.1 ބިލިއަން ރުފިޔާ އަދި މެއި މަހު 1.6 ބިލިއަން ރުފިޔާ ލިބުނެވެ.

މީރާއިން އަންދާޒާ ކުރިވަރަށްވުރެއް އިތުރު އަދަދެއް މިއަހަރު އާމްދަނީގެ ގޮތުގައި ވަނީ ލިބިފަ އެވެ. ޓެކްސް އިދާރާއިން ބުނީ އަންދާޒާކުރި ވަރަށްވުރެ އާމްދަނީ އިތުރުވީ ނޮން ރެޒިޑެންޓް ވިތުހޯލްޑިން ޓެކުހާއި ޓޫރިޒަމް ލޭންޑް ރެންޓް އިން ލިބުނު އާމްދަނީ އިތުރުވުމުން ކަމަށެވެ.

މީރާއިން ހާމަކުރި ގޮތުގައި މިއަހަރުގެ މޭ މަހު ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ހިއްސާއަކީ ޖީއެސްޓީ އެވެ. މޭ މަހު ޖީއެސްޓީގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ މީރާއަށް ބަލައިގަނެފައިވާއިރު އެއީ ޖުމްލަ އާމްދަނީގެ 66.1 އިންސައްތަ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!