ޚަބަރު

ތައިލެންޑްގެ 15 ބޭހެއްގައި ނުރައްކާތެރި ކެމިކަލް ފާހަގަވެގެން ސަމާލުވާން އެދިއްޖެ

ފާރިހާ ޢަދުނާން ، ދެން އޮންލައިން
ތައިލެންޑުގައި މަނާކުރި ބޭސްތައް

ތައިލެންޑްގެ ބޭސް އުފައްދާ ކުންފުންޏެއް ކަމަށްވާ ސެވެން ސްޓާސް ފާމަސޫޓިކަލް ކޯ ލިމިޓެޑް އިން ބޭސް އުފެއްދުމުގައި ބޭނުން ކޮށްފައިވާ Sorbitol (އެކްސީޕިއެންޓެއް) ގައި ނުރައްކާތެރި ކެމިކަލްގެ މާއްދާއެއް އެކުލެވިގެންވާ ކަން ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ސަމާލު ކަމަށް އައިސްފި އެވެ.

Ads by MWSC

މި ކަން ފުރަތަމަ ފާހަގަކުރީ ތައިލޭންޑްގެ ބޭސް ރެގިއުލޭޓްކުރާ އޮތޯރިޓީ ކުރާ އޮތޯރިޓީ (ތައި އެފްޑީއޭ) އިންނެވެ. މި ކަން ރާއްޖޭގެ އޮތޯރިޓީގެ ސަމާލު ކަމަށް އައުމާ އެކު، އެ ކަމަށް އާންމުން ސަމާލު ވުމަށް އެދި ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބަޔާނެއް ނެރެފައިވެ އެވެ.

ބަޔާނުގައި އެ ބޭސްތައް ފާހަގަކޮށްދީފައިވެ އެވެ. އެ ގޮތުން ފާހަގަކޮށްފައިވާ ބޭސްތަކަކީ:

  1. ކާބޮސޯލް ސިރަޕް
  2. ސްޓާޓެކް ސިރަޕް
  3. ޕެރެސްޓާ ސަސްޕެންޝަން
  4. ފޭޓެކް ސިރަޕް
  5. ސެޓަފެން ސިރަޕް
  6. ކޯ- ޓްރިމެކްޒޯލް މިކްސްޗަރ
  7. ކްރެސްބުފެން ސަސްޕެންޝަން
  8. ޑޮމްޕާސްޓާ ސަސްޕެންޝަން
  9. ކްރެސްޓްރިމް ސަސްޕެންޝަން
  10. ކްރެސްކޯލެޓް ސިރަޕް
  11. ކްރެސްޓެކް ސިރަޕް
  12. ކްރެސްބްރޮކްޒޯލް ސިރަޕް
  13. ސްޓާޓިފިން ސިރަޕް
  14. އިބުސްޓާ ސަސްޕެންޝަން
  15. ޑޮމްޕާކްރެސް ސިރަޕް

އެމްއެފްޑީއޭއިން ބުނީ، އެ ބޭސްތަކަކީ ރާއްޖެއަށް އެތެރެ ކުރުމާއި ވިއްކުން ހުއްދަކުރާ ބޭސްތަކުގެ ލިސްޓްގައި ހިމެނޭ ބޭސްތަކެއް ނޫން ކަމަށެވެ.

ނަމަވެސް، ތައިލެންޑަކީ ދިވެހިން އާންމުކޮށް ބޭސްފަރުވާއަށް ގޮސް އުޅޭ ތަނަކަށް ވެފައި، ބައެއް ހާލަތްތަކުގައި އަމިއްލަ ބޭނުމަށް ތައިލެންޑުން ބޭސް ގަނެގެން އެތެރެ ކުރާތީ އެ ކަމަށް ސަމާލު ވާން އެމްއެފްޑީއޭ އިން އިލްތިމާސް ކޮށްފައިވެއެވެ.

އޭގެ އިތުރުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބޭސް ސިޓީއަށް ބޭސް އެތެރެ ކުރާއިރު ސަމާލުކަން ދީގެން ޕޯޓްތަކުގައި ބަލައި ފާސްކުރަމުން ގެންދާނެ ކަމަށް ބުނެފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!