މާލޭ އިމާރާތެއްގެ މަތިން ބިއްލޫރިގަނޑެއް ވެއްޓުނު ހާދިސާއެއް

މާލޭގެ އިމާރާތެއްގެ ބިއްލޫރިގަނޑު މަގުމައްޗަށް ވެއްޓިއްޖެ އެވެ.
މިއަދު މި ހާދިސާ ހިނގާފައިވަނީ މާލޭގެ މާވެޔޮ މަގުގަ އެވެ.
ފުލުހުން ބުނިގޮތުގައި ބިއްލޫރިގަނޑު ވެއްޓުނީ އެ މަގުގައި ހުންނަ 'މަރުހަބާ' ފިހާރަ ހުންނަ އިމާރާތުގެ ފަސް ވަނަ ފަންގިފިލާއިން ކަމަށެވެ.
އެއްވެސް މީހަކަށް މި ހާދިސާގައި އަނިޔާއެއް ނުވެއެވެ.