ދުނިޔެ

އޮސްޓްރޭލިއާގެ ސެކިއުރިޓީ އާއި ވިޔަފާރީގެ މަޝްވަރާތަކަށް ޕަޕުއާ ނިއުގިނީއަށް ހަތް ވަޒީރަކު ފޮނުވައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕެސިފިކް އައިލެންޑްސްގައި ޗައިނާގެ ފުލުހުންގެ ދައުރު ފުޅާކުރުމަށް ޗައިނާއިން ގެންގުޅޭ ކަންކަމާ މެދު ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައި އޮސްޓްރޭލިއާގެ އުތުރުގެ އަވަށްޓެރި ގައުމަކާއެކު ސަލާމަތީ އަދި ވިޔަފާރީގެ މަޝްވަރާތައް ބޭއްވުމަށް އޮސްޓްރޭލިއާގެ ހަތް ވަޒީރުންނާއި އެ ގައުމުގެ ޕޮލިސް ޗީފް ޕަޕުއާ ނިއުގިނީއަށް ފޮނުވަން ނިންމާފައިވާ ކަމަށް ސަރުކާރުގެ އޮފިޝަލުން ބުނެފި އެވެ.

Ads by Sosun Fihaara

ޕަޕުއާ ނިއުގިނީ (ޕީއެންޖީ) އިން ޗައިނާއާއެކު ވިޔަފާރީގެ ގުޅުން ބަދަހިކުރަމުން އަންނަ އިރު، މިދިޔަ އަހަރު ޕެސިފިކް އައިލެންޑްސްގެ އެންމެ ބޮޑު ގައުމާއެކު ދިފާއީ އެއްބަސްވުމެއް ހެދި ކެންބެރާ އާއި ވޮޝިންޓަން ކަންބޮޑުވާ ގޮތަށް ފުލުހުންގެ އެއްބާރުލުމާ ބެހޭ ގޮތުން ވެސް ބެއިޖިންއާ އެކު އަވަސް މަޝްވަރާތަކެއް ކުރަމުން އަންނަ ކަމަށް މިދިޔަ ޖެނުއަރީ މަހު ވަނީ ބުނެފަ އެވެ.

ބެއިޖިންއިން މިހާރުވެސް އަވަށްޓެރި ސޮލޮމަން އައިލެންޑްސް އާއި ކިރިބާތީއަށް ފުލުހުން ފޮނުވާފައިވާއިރު، ޕެސިފިކް އައިލެންޑް ޤައުމުތަކަށް އިޖްތިމާޢީ ހަމަޖެހުން ދެމެހެއްޓުމަށް އެހީތެރިވުމުގެ ސްޓްރެޓެޖީއެއް އެބައޮތްކަމަށް ބެއިޖިންއިން ބުނެއެވެ.

ނަމަވެސް ޕެސިފިކް އައިލެންޑްސް ޕޮލިސް ކުރުމުގައި ޗައިނާގެ އެއްވެސް ދައުރެއް ނޯންނާނެ ކަމަށާއި، އޮސްޓްރޭލިއާއިން އިތުރު ލޯކަލް ސަލާމަތީ ބާރުތައް ތަމްރީނުކޮށް ހުސްކަން ފޫބެއްދުމަށް މަސައްކަތް ކުރާނެ ކަމަށް އޮސްޓްރޭލިއާއިން ވަނީ ބުނެފައެވެ.

ޕީއެންޖީން ނެރުނު ބަޔާނެއްގައި ބުނީ އޮސްޓްރޭލިއާއިން ހަދިޔާކުރި ފުލުހުންގެ ޕެޓްރޯލް ބޯޓެއް ހަވާލުކޮށްފައިވަނީ އަންގާރަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި ޕީއެންޖީގެ ބޮޑުވަޒީރު ޖޭމްސް މަރަޕޭ އާއި ފޮރިން މިނިސްޓަރު ޖަސްޓިން ޓްކަޗެންކޯ އާއި އޮސްޓްރޭލިއާގެ ބަންޑާރަ ނައިބު މާކް ޑްރައިފަސް އާއި ދެ ގައުމުގެ ފުލުހުންގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތެއްގައި ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!