ދުނިޔެ

ކޯވިޑް19 އަކީ ލެބޯޓްރީއެއްގައި އުފެއްދި ވައިރަހެއް ނޫން: ސައިންސްވެރިން

ދެން އެމްވީ ، ދެން އޮންލައިން

ޗައިނާގެ ވުހާން ސިޓީއިން ފުރަތަމަ ފަހަރަށް ފެނުނު ކޯވިޑް19 ނުވަތަ ނޮވެލް ކޮރޯނާ ވައިރަސް ދަނީ ދުނިޔޭގެ އެކި ހިސާބުތަކުގައި ވަރަށް ބާރު މިނެއްގައި ފެތުރެމުންނެވެ. މިހާތަނަށް މި ބައްޔަށް ހާއްސަ ޔަގީން ފަރުވާއެއް ހޯދިފައިނުވާއިރު، ބަލިޖެހުނު މީހުންގެ އަދަދު އުޅެނީ 265،000 އަށް ވުރެ މަތީގައެވެ. މިބަލީގައި މަރުވި މީހުންގެ އަދަދު ވަނީ އެގާރަ ހާހަށްވުރެ އިތުރުވެފައެވެ.

Ads by Sosun Fihaara

ކޯވިޑް19 އަކީ ލެބޯޓްރީއެއްގައި އިންސާނަކު އުފެއްދި ވައިރަހެއް ކަމުގެ ތުހުމަތު އެކި ގައުމުތަކުގެ ފަންނީ މީހުން ވަނީ ކޮށްފައެވެ. އެހެން ނަމަވެސް ޔޫކޭގެ ސައިންސްވެރިން މިހާރު މިވަނީ އެވާހަކަތައް ދޮގުކޮށްފައެވެ. ނޭޗަރ މެޑިސިންގައި ޝާއިއުކޮށްފައިވާ ލިޔުމެއްގައި ބުނެފައިވާ ގޮތުގައި، މި ވައިރަހާ ގުޅޭ މޮލިކިއުލަރ ލެވެލްގެ ދިރާސާތަކެއް ކުރި ސައިންސްވެރިން ބުނީ ކޯވިޑް 19 އަކީ ބަޔޮލޮޖިކަލް ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރަން އިންސާނަކު އުފެއްދި ވައިރަހެއް ނޫން ކަމަށެވެ.

މި ސައިންސްވެރިން ބުނެފައިވާ ގޮތުގައި ކޯވިޑް19ގެ ކުރިން އާންމުވި އެއްވެސް ވައިރަހެއްގެ ޑީއެންއޭ އެއް ކޯވިޑް19 އިން ފެނިފައެއް ނުވެއެވެ.

"ދަ ހެރަލްޑް" އަށް ދިން އިންޓަވިއުއެއްގައި ސްކްރިޕްސް ރިސާޗްގެ އެސޯސިއޭޓް ޕްރޮފެސަރ އޮފް އިމިއުނޮލަޖީ އެންޑް މައިކްރޯބަޔޮލޮޖީ ކްރިސްޓިއެން އެންޑަރަސެން ބުނީ، މިހާތަނަށް ހެދި ދިރާސާތަކުން ކޮރޯނާ ވައިރަހަކީ ގުދުރަތީ ގޮތުން އުފެދުނު ވައިރަހެއްކަން ސާބިތު ވެފައިވާ ކަމަށެވެ.

ގިނަ ސައިންސްވެރިން އިއްތިފާގު ވާގޮތުގައި ކޯވިޑް 19 ވައިރަސް ފެތުރެން މެދުވެރިވީ ވާލުގެ މަސް ކެއުމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!