ކުޅިވަރު ފުޓްބޯޅަ

ހަންގޭރީ ބަލިކޮށް ޖާމަނީ ދެވަނަ ބުރަށް

ސްޕޯޓްސް ޓީމް ، ދެން އޮންލައިން
Hungary balikoh Germany 2 vana burah

ޔޫރޯ 2024 ގަައި ހަންގޭރީ ބަލިކޮށް ޖާމަނީ ދެވަަނަ ބުރަށް ދަތުރުކޮށްފިއެވެ.

Ads by Hajj Corporation

ރޭ ހަންގޭރީއާއި ޖާމަނީ ބައްދަލުކުރި މެޗު އަމިއްލަ ސަޕޯޓަރުން ކުރިމަތީގައި ޖާމަނީން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.

އެ މެޗުން މޮޅުވެ އެ ޓީމު ދެވަނަ ބުރަށް ދަތުރުކުރީ މުބާރާތުގެ ފުރަތަމަ މެޗުގައި 5-1 ގެ ނަތީޖާއަކުން ސްކޮޓްލޭންޑް ބަލިކޮށްފައިވާތީއެވެ.

އެ ޓީމު މިވަގުތު ގްރޫޕް އޭގެ އެއްވަނައިގަައި އޮތީ ހަ ޕޮއިންޓާއެކުއެވެ. ދެވަނައިގައި ސްވިޓްޒަލެންޑް ހަތަރު ޕޮއިންޓާއެކު އޮތްއިރު ތިންވަނައިގައި ސްކޮޓްލޭންޑް އޮތީ އެއް ޕޮއިންޓާއެކުއެވެ. ތާވަލުގެ ފުލުގައި ހަންގޭރީ އޮތީ އެއްވެސް ޕޮއިންޓެއް ނުލިބިއެވެ.

ރޭގެ މެޗުގެ 22 ވަނަ މިނެޓުގައި ޖަމާލް މުސިއާލާ ވަނީ ގޯލެއްޖަހައި ޖާމަނީއަށް މެޗުގެ ލީޑު ނަގައިދީފައެވެ. އެ ގޯލަކީ އިލްކާއި ގުންޑަގަން ގެ އެހީއާއެކު މުސިއާލާ ޖެހި ގޯލެކެވެ.

ޖަރުމަނުން ދެ ވަނަ ގޯލު ޖެހީ މެޗުގެ 67 ވަަނަ މިނިޓްގަ އެވެ. އެ ގޯލަކީ ޖާމަނީގެ ޑިފެންޑަރު، މެކްސިމިލިއަން މިޓެލްސްޓާޑް ނަގައިދިން ހުރަހަކުން ގުންޑަގަން ކާމިޔާބުކޮށްދިން ގޯލެކެވެ

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!