ޚަބަރު

އިންޑިއާ ސިފައިން ކަމަށް ބުނެ ދައުރުކުރަނީ ލަންކާ ސިފައިންގެ ވީޑިއޯއެއް: އެމްއެންޑީއެފް

ފާރިހާ ޢަދުނާން ، ދެން އޮންލައިން

އިންޑިއާ ސިފައިން ކަމަށް ބުނެ ދައުރު ކުރަނީ ލަންކާ ސިފަިންގެ ވީޑިއޯއެއް ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފުން މިއަދު ބުނެފިއެވެ.

Ads by Sosun Fihaara

ރާއްޖެއިން އިންޑިއާގެ ހުރިހާ ސިފައިން ފޮނުވާލި ކަމަށާއި، ބާކީ ތިބީ އިންޑިއާގެ ސިވިލިއަނުން ކަމަށް ސަރުކާރުން ބުނެފައި އޮތްވާ، އިންޑިއާގެ ސިފައިން ހަރަކާތްތެރިވާ ކަމަށް ބުނެ ވީޑިއޯއެއް އަންނަނީ މީސްމީޑިއާގައި ދައުރުވަމުންނެވެ.

މި ވީޑިއޯއާއި ގުޅިގެން ބައެއް ސިޔާސީ ފަރާތްތަކުން ވަނީ އިންޑިއާ ސިފައިން ފޮނުވައިނުލާ ކަމަށް ނުރުހުން ފާޅުކޮށްފައެވެ.

މި ވީޑިއޯއާއި ގުޅިގެން އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް މިއަދު 'ދެން'އަށް ވިދަޅުވީ، ދައުރުކުރާ ވީޑިއޯއިން ފެންނަނީ އިންޑިއާ ސިފައިން ނޫން ކަމަށެވެ. އެއީ، ލަންކާ ސިފައިން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ސްރީލަންކާ ސިފައިންނާއި ދިވެހި ސިފައިން ގުޅިގެން ހިންގަމުންދާ ޓްރޭނިންގް އެއްގެ އިންޓްރަކްޓަރުން އެއީ. އެއީ ލަންކާ ސިފައިން،" އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ފުރަތަމަ ބެޗު މާޗު މަހުގެ ކުރީކޮޅު ގޮސްފައިވާއިރު ދެވަނަ ބެޗު ދިޔައީ އެޕްރީލް މަހުއެވެ.  ބާކީ ތިބި އިންޑިއާގެ ސިފައިން ފޮނުވާލީ މިދިޔަ މަހުއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!