ވޭމަންޑޫގައި ސައިކަލެއް ޓޯ ކުރުމުގައި ފުލުހުން މުއާމަލާތް ކުރި ގޮތް ބަލަނީ
ތ. އަތޮޅު ވޭމަންޑޫގައި މީހެއްގެ ސައިކަލު ޓޯ ކުރުމުގެ ތެރެއިން ފުލުހުން އަމަލު ކުރި ގޮތާއި ސައިކަލުގެ ވެރިފަރާތާ މުއާމަލާތް ކުރި ގޮތް ބަލަމުންދާ ކަމަށް، ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފި އެވެ.
ލައިސަންސް ނެތި ގަވާއިދާ ހިލާފަށް ދުއްވި ސައިކަލެއް ޓޯ ކުރުމާ ގުޅިގެން، ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯގައި ފުލުހުން މުއާމަލާތް ކުރި ގޮތާ މެދު ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ކަމަށް ފުލުހުން ފާހަގަ ކޮށްފައިވެ އެވެ.
ފުލުހުންގެ ހިދުމަތުން މީޑިއާތަކަށް ފޮނުވި ޓެކްސްޓް މެސެޖެއްގައިވާ ގޮތުގައި، އެއީ މިއަދު ހެނދުނު އެ ރަށު ސްކޫލު ހިމެނޭ ސަރަހައްދެއް ދުއްވާ އެއްޗެހި ވަނުން މަނާކޮށް އެ ކަން އަންގައިދޭ ބޯޑެއް ވެސް ހަރުކޮށްފައި ވަނިކޮށް ބާރު ސްޕީޑެއްގައި އެ ސައިކަލު އެ ސަރަހައްދު ހުރަސްކޮށްފައިވެ އެވެ.
އެ މީހާ ގޮސް ވަނީ އަތޮޅު ކައުންސިލް އިދާރާއަށް ކަމަށް ފުލުހުން ބުންޏެވެ. ފަހުން އެ އިދާރާއިން އޭނާ ނުކުތުމުން ހުއްޓުވައި ބަލައި ފާސްކުރި އިރު ލައިސަންސް ނެތް ކަން އެނގިފައިވާ ކަމަށް ބުންޏެވެ. ސައިކަލު ދުއްވި މީހާ ޖޫރިމަނާކޮށް 15 ދުވަހަށް ސައިކަލު ޓޯ ކުރީ އެ މައްސަލާގަ އެވެ.
އޭރު އެ ސަރަހައްދުގައި ހަރަކާތްތެރިވި މުއާމަލާތް ކުރުމުގައި ސައިކަލުގެ ވެރިފަރާތުގެ އާއިލާއިން ކަންބޮޑުވާ ކަންތައްތަކެއް ހުރި ކަން އެ ހިދުމަތުގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށް ފުލުހުންގެ ހިދުމަތުން ބުންޏެވެ.
"މި ޚިދުމަތުން އެ ހާދިސާ އިތުރަށް ބެލުމަށް ފަހު މި ޚިދުމަތުގެ ފަރާތުން ޚިދުމަތް ދިނުމުގައި ރަނގަޅު ކުރަން ޖެހޭ ކަންކަން ރަނގަޅު ކުރާނެ ކަމުގެ ޔަގީން ކަން މި ފުރުސަތުގައި އަރުވަމެވެ." ފުލުހުންގެ ހިދުމަތުން ފޮނުވި ޓެކްސްޓް މެސެޖުގައިވެ އެވެ.
ރާއްޖެއިން އިންނާނެ މީހެއް ނެތިގެން ، އެމެރިކާއިން މުސްކުޅިއަކާ އިންދެގެން، ރާއްޖެއިން ބޭރު ހުރެ ކޮއްކޮ ހުދު ފޮތި ކޮޅަކައް ހަދަން މީސް މީޑިއާގައި މީސްމީހުންގެ އަބުރު ކަތިލަމުން ދުވާ އަންހެނެއް، ފާޑެއްގެ އެއްޗެކޭކިޔާފަ ވީޑިއޯއެއް ލާއިރައް، ބަޔަކު ތެޅިގަތް ވަރު ނިކަން ބަލާބަލަ. ތި އަންހެން މީހާ ރައްޓެހިވާން އެހުމުން ޕޮލިސް ސޮރު ނޯ ޖެހީމަ ތިގޮތައް ކަންތަން ކުރީމަ އެންމެނައް ވެސް އިންގޭނެ ދޯ..
އެންމެ އިނގޭ ދޯ ތީ؟