ދުނިޔެ

އިންޑިއާއިން ބޭނުންވަނީ ޗައިނާ ބޯޑަރުގެ ހަމަޖެހުން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިއާގެ ޚާރިޖީ ވުޒާރާއިން ބުނީ ޗައިނާގެ ބޯޑަރު ސަރަހައްދުގައި ސުލްހަ ގާއިމުކުރުމަކީ ގުޅުން ތައް އާންމު ހާލަތަކަށް ގެނައުމަށް ވަރަށް މުހިންމު ކަމެއް ކަމަށާއި، ޗައިނާއާއެކު ސީދާ ދަތުރުތައް ފަށަން ނިއު ދިއްލީއިން ޝައުގުވެރިނުވާ ކަމަށް ރޮއިޓާސް އިން ނެރުނު ރިޕޯޓަށް ރައްދު ދެމުންނެވެ.

Ads by WAMCO

ހަތަރު އަހަރަށް ފަހު ސީދާ ފަސިންޖަރުންގެ ދަތުރުތައް އަލުން ފެށުމަށް ޗައިނާއިން އިންޑިއާއަށް ބާރު އަޅަމުން އަންނަ އިރު، ބޯޑަރު މައްސަލައިގެ ސަބަބުން ދުނިޔޭގެ އެންމެ އާބާދީ ބޮޑު ދެ ގައުމުގެ ގުޅުމަށް ބުރޫ އަރާތީ، ނިއު ދިއްލީއިން އެކަމާ ދެކޮޅު ހަދަމުންދާ ކަމަށް ރޮއިޓާސް އިން ބުރާސްފަތި ދުވަހު ބުނެފި އެވެ.

ސީދާ ފްލައިޓްތައް ނުލިބުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް ވިދާޅުވީ ޗައިނާއާ އެކު އޮންނަ ގުޅުން އާންމު ހާލަތަކަށް ގެނައުމަށް "ބޯޑަރު ސަރަހައްދުގައި ސުލްހަ މަސަލަސްކަން މުހިންމު" ކަމަށެވެ. ނަމަވެސް ތަފްސީލެއް ނުދެއްވަ އެވެ.

އިންޑިއާ އާއި ޗައިނާގެ ގުޅުން ވަނީ ނުތަނަވަސްވެފަ އެވެ. މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ހިމާލިއާ ގެ ބޯޑަރު ސަރަހައްދުގައި ހިނގި އެންމެ ބޮޑު އަސްކަރީ ކުރިމަތިލުންތަކުގައި އިންޑިއާގެ 20 މީހުންނާއި ޗައިނާގެ ހަތަރު ސިފައިން ވަނީ މަރުވެފަ އެވެ. ކޮންމެ ފަރާތެއްގައި ވެސް އެތައް ހާސް ސިފައިން ނެއްޓިފައި އެބަތިއްބެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ޑައިރެކްޓް އިންޑިއާ-ޗައިނާ ފްލައިޓްތައް އެންމެ މައްޗަށް ގޮސްފައިވަނީ ޖުމްލަ 539 ޝެޑިއުލް ފްލައިޓާއެކު އެވެ. ކޮވިޑް-19 ގެ ބަލިމަޑުކަން އިތުރަށް ހޫނުވުމާ ގުޅިގެން ހަތަރު މަސް ފަހުން ދަތުރުތައް ހުއްޓާލި ނަމަވެސް، އޭގެ އަހަރެއް ފަހުން އިންޑިއާއިން ބައިނަލްއަގުވާމީ ވައިގެ މަގުތަކަށް އަޅާފައިވާ ކޮވިޑް ފިޔަވަޅުތައް އުވާލައި، 2023 ވަނަ އަހަރުގެ ކުރީކޮޅު ޗައިނާއިން ކޮވިޑް-19 ގެ ދަތުރުފަތުރުގެ ހުރިހާ ފިޔަވަޅުތަކެއް އުވާލި ނަމަވެސް ދަތުރުތައް ފަށާފައެއް ނުވެއެވެ.

ބޯޑަރު ހަމަނުޖެހުންތަކާ ގުޅިގެން އިންޑިއާއިން ވަނީ ޗައިނާގެ ކުންފުނިތަކަށް އިންވެސްޓް ކުރަން ދަތިވެ، މަގުބޫލު އެތައް ސަތޭކަ އެޕްލިކޭޝަނެއް މަނާކޮށް ފަސިންޖަރުންގެ މަގުތައް ކަނޑާލައިފަ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!