ކުޅިވަރު ފުޓްބޯޅަ

ރުމޭނިއާ ބަލިކޮށް ބެލްޖިއަމައަށް އުންމީދެއް

ސްޕޯޓްސް ޓީމް ، ދެން އޮންލައިން

ޔޫރޯ 2024 ގައި ރުމޭނިިއާ ބަލިކޮށް ބެލްޖިއަމްްއިން ދެވަނަ ބުރުގެ އުންމީދު އައުކޮށްފިއެވެ.

Ads by STELCO

ފޯރިގަދަ ކުޅުމެއް ފެނުނު އެ މެޗުގައި ބެލްޖިއަމްއިން ރުމޭނިއާގެ މައްޗަށް ކުރި ހޯދީ 2-0 ގެ ނަތީޖާއަކުންނެވެ.

ރޭގެ މެޗަކީ ދެ ޓީމު ވެސް މޮޅުވުން މަޖުބޫރު މެޗެކެވެ. އެ މެޗު ކާމިޔާބުކޮށްގެން ރުމޭނިއާއަށް ދެވަނަ ބުރުގެ ޖާގައެއް ކަށަވަރު ކުރެވެން އޮތްއިރު، ދެވަނަ ބުރުގެ ޖާގައެއް ހޯދުމަށް ބެލްޖިއަމްއަށް ރޭގެ މެޗުން މޮޅުވުން މަޖުބޫރެވެ.

ނަމަވެސް އެ ދެ ޓީމަށަ ވެސް ދެން  ދެވަނަ ބުރުގެ ޖާގައެއް ދެން ކަށަވަރު ވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ބަލިނުވެ ހިފަހައްޓާލައިގެންނެވެ.  މިހާރު ގްރޫޕް އީގައި ޓީމުތައް އެތުރިފަައިވާ ގޮތުން ކޮންމެ ޓީމަކަށް ވެސް ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު އެބަ އޮތެވެ.

އެ ގްރޫޕްގައި ހިމެނޭ ރުމޭނިއާ، ބެލްޖިއަމް، ސްލޮވާކިއާ އަދި ޔޫކްރޭން ވެސް ވަނީ ދެ މެޗު ކުޅެގެން ތިން ޕޮއިންޓު ހޯދަައިފައެވެ. އެ ގްރޫޕްގެ ފަހު މެޗުތަކުގައި ސްލޮވާކިއާއާއި ރުމޭނިއާ ބައްދަލުކުރާއި، ބެލްޖިއަމްއާ ވާދަކުރާނީ ޔޫކްރޭންއެވެ.

ބެލްޖިއަމް މޮޅުވުން މަޖުބޫރު، ރޭގެ މެޗުގެ ދެވަނަ މިނެޓުގައި އެ. ޓީމުން ވަނީ ގޯލު ޖަހައި މެޗުގެ ލީޑު ނަގައިފައެވެ. އެ ގޯލަކީ ރޮމެލޫ ލުކާކޫ ދިން ބޯޅައަކުން ޔޫރީ ޓީލަމަންސް ޖެހިގެލެކެވެ.

އެ ޓީމުން ދެވަނަ ގޯލުޖެހީ މެޗުގެ 79 ވަނަ މިނެޓުގަައެވެ. ލުކާކޫ ތަނަވެސްކުރި އެ ފުރުސަތުގައި ގޯލު ޖަަހައިފައިވަނީ ކެޕްޓަން ކެވިން ޑިބްރޭނާއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!