ގެއްލިގެން ހޯދި އިޔާޝް އާއިލާ އަށް ގުޅައިފި

ގެއްލިގެން ހޯދަމުންދާ ފުވައްމުލަކަށް ނިސްބަތްވާ ޒުވާނާ ފެނިފައިވާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.
ޏ. ފުވައްމުލައް، ދިގުވާނޑު / އެފްރޯ، އަހްމަދު އިޔާޝް ވަސީމް (24އ) ގެއްލިގެން ހޯދުމަށް ފުލުހުން އިއުލާނުކުރީ މީގެ ދެ ދުވަސް ކުރިން ނެވެ. ފުލުހުން ބުނިގޮތުގައި އިޔާޝް އެންމެ ފަހުން ފެނިފައިވަނީ މި މަހުގެ 14 ވަނަ ދުވަހު އެވެ. އެހެންކަމުން އޭނާ ގެއްލިގެން ހޯދަމުންދާތާ މިހާރު ހަފްތާއަކަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ.
މިރޭ ފުލުހުންގެ ރަސްމީ އެކައުންޓުން 'އެކްސް' ގައި ކުރި ޕޯސްޓެއްގައި ބުނީ އިޔާޝް، އޭނާގެ އާއިލާއަށް ގުޅާފައިވާ ކަމަށެވެ.
"ހާލު ރަނގަޅު ކަމަށް ބުނެފައިވާ ކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވޭ" ފުލުހުންގެ ޕޯސްޓުގައި ބުންޏެވެ.