Friday, 30 October 2026
Advertisement
MWSC — SmartMeter (leaderboard)
ދުނިޔެ

ކޮވިޑް19: މެކްޑޯނަލްޑްސް ކިޔުގައި ވެސް ސޯޝަލް ޑިސްޓެންސިންގ

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާ ވައިރަސް ފެތުރުން ކުޑަ ކޮށް، ރައްކާތެރިވުމުގެ ގޮތުން މެކްޑޯނަލްޑްސް ގެ ކިޔުގައިވެސް އިޖުތިމާއީ ދުރުމިން ނުވަތަ ސޯޝަލް ޑިސްޓެންސިން ކަށަވަރުކޮށްފިއެވެ.

ދުނިޔޭގެ އެންމެ މަޝްހޫރު ފާސްޓް ފުޑް ވިއްކާ ތަންތަނުގެ ތެރޭގައި ހިމެނޭ މެކްޑޮނާލްޑްސް އިން ވަނީ ކަސްޓަމަރުން ކިޔުގައި ތިބެންވީ ހިސާބު ފާހަގަކޮށްދީފައެވެ.

މެކްޑޮނާލްޑްސް އަށް ޒިޔާރަތްކުރި މީހަކު މީސް މީޑިއާގައި ހިއްސާކުރި ފޮޓޯއަކުން ފެންނަ ގޮތުގައި ކިޔުގައި ތިބެންވީ ހިސާބު ފާހަގަކޮށް ތިން ޓައިލްސްގެ ދުރުމިނުގައި ރަތްކުލައިގެ ޓޭޕް އަޅައި ފާހަގަ ކޮށްފައިވެއެވެ. ރަތް ޓޭޕް އަޅައި ފާހަގަ ކޮށްފައިވާ ގޮޅިތަކަކީ މީހުން ތިބެންވީ ހިސާބެވެ. ފޮޓޯ މީސް މީޑިއާގައި ހާމަކުރި ފަރާތުން ހާމަކޮށްފައިވާ ގޮތުގައި ތިބެންވީ ހިސާބު މެކްޑޯނަލްޑްސް ގެ ސްޓާފުން ބުނެދީފައެއް ނުވެއެވެ. ނަމަވެސް އެގޮތަށް ރަތް ކުލައިން ގޮޅި ފާހަގަކޮށްފައި ހުރުމުން ކޮންެމެ މީހަކަށް ވެސް އެނގެންވާނެ ކަމަށް އޭނާ ބުނެފައިވެއެވެ.

Advertisement
Allied — Dhen Online (box)

ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަަހާއެކު މެކްޑޯނަލްޑްސް އިން ވަނީ އެމީހުންގެ ހުރިހާ ޑައިން އިން ތަކެއް ކެންސަލްކޮށް ކުޑަކުދިން ކުޅޭ ސަރަހައްދުތައް ވެސް ބަންދުކޮށްފައެވެ.

ސޯޝަލް ޑިސްޓެންސިން އަކީ ބަލިތައް ފެތުރުން ކޮންޓްރޯލް ކުރުމަށްތަކައި އެކަކު އަނެކަކައި އެކަށީގެންވާ ދުރުމިނެއްގައި އުޅުމެވެ. މި ގޮތުން އެކަކު އަނެކަކާއި ދޭތެރޭ ހަ 6 ފޫޓު ނުވަތަ މަދުވެގެން 3 ފޫޓުގެ ދުރުމިނެއް ބެހެއްޓުމަށް ޑޮކްޓަރުން އިރުޝާދުދެއްވައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް