ދުނިޔެ

ކޮވިޑް19: ހަމައެކަނި އުމުރުން ދުވަސްވީ މީހުނަކަށް ނޫން، ޒުވާނުނަށް ވެސް ހުރި ބޮޑު ނުރައްކަލެއް

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް19 ޖެހިގެން މަރުވާ ގިނަ މީހުންނަކީ އުމުރުން ދުވަސްވީ ދިފާއީ ނިޒާމް ބަލިކަށި މީހުން ނަމަވެސް ވައިރަހުގެ ނުރައްކާ ޒުވާނުންނަށް ވެސް އިންތިހާއަށް ބޮޑުކަމަށް ދުނިޔޭގެ ސިއްހަތާއިބެހޭ ޖަމިއްޔާ ޑަބްލިޔުއެޗްއޯއިން ބުނެފިއެވެ.

Ads by Sosun Fihaara

ޑަބްލިޔުއެޗްއޯ އިން ބުނެފައިވާ ގޮތުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ނާޅައި އިޖުތިމާއީ ދުރުމިން ނުބަހައްޓައިފިނަމަ އުމުރުން ދުވަސްވީ މީހުން ވައިރަހުގެ ހަލާކުގެ ތެރެއަށް ވެއްދުމުގެ އިތުރުން އަމިއްލަ ނަފްސުވެސް ނުރައްކަލަށް ހުށަހެޅިގެންދާކަމަށެވެ.

ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާއިން ބުނެފައިވާ ގޮތުގައި ވައަިރަސް ޖެހުނު މީހުންގެ ތެރޭގައި 50 އަހަރުން ދަށުގެ މީހުން މަދުވިނަމަވެސް އޭގެ މާނައަކީ ޒުވާނުންނަށް ވައިރަސް ނުޖެހުމެއް ނޫނެވެ. ޒުވާނުންނަށް ވެސް ވައިރަސް ޖެހި ވައިރަހުގެ ނުރައްކާތެރިކަން ބޮޑުވެ މަރުވެފައިވެސްވާ ކަމަށް އެ ފަރާތުން ހާމަކޮށްފައިވެއެވެ.

ހުކުރު ދުވަހު މީޑިއާއަށް މައުލޫމާތު ދެމުން ޑަބްލިޔުއެޗްއޯގެ އިސް އޮފިޝަލަކު ބުނެފައިވާ ގޮތުގައި ވައިރަސްގެ ސަބަބުން ޒުވާނުން ވެސް އެތައް ހަފްތާއެއް ހޮސްޕިޓަލުގައި ހޭދަކުރަން ޖެހި ދުނިޔެއަށް އަލްވަދާއު ކިޔަން ވެސް ޖެހިދާނެއެވެ. އަދި އެމީހެއްގެ ރައްކާތެރިކަމާއި އަނެކުންގެ ރައްކާތެރިކަމަށްޓަކައި މަސައްކަތް ކުރުމަކީ ކޮންމެ މީހެއްގެ ވެސް ބޮލުގައި އެޅިފައިވާ ޒިންމާއެއްގެ ގޮތުގައި ފާހަަގަކޮށްފައިވެއެވެ.

ކޮރޯނާ ވައިރަސް ޖެހެނީ އަދި ވައިރަހުގެ ނުރައްކާތެރިކަން ބޮޑުވަނީ ހަމައެކަނި އުމުރުން ދުވަސްވީ މީހުންނަށް ކަމުގައި ކުރިން ގިނަ މީހުނަށް އޮތީ ހީވެފައެވެ. ނަމަވެސް ވައިރަސް މިހާރު އެންމެ ގަދައަށް ފެތުރެމުންދާ އިޓަލީގައި ވައިރަސް ޖެހިގެން ހާލުބޮޑުވި މީހުންގެ ތެރެއިން 12 އިންސައްތަ މީހުނަކީ 19 އަހަރާއި 50 އަހަރުގެ މީހުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!