ވިޔަފާރި

ހިޓާޗީ ބްރޭންޑުގެ ހަކަތަރި ލޭބަލް ޖެހި އައިސް އަލަމާރި އަދި ދޮންނަމެޝިން ބާޒާރަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ހިޓާޗީ ބްރޭންޑުގެ ހަކަތަރި ލޭބަލް ޖެހި އައިސް އަލަމާރި އަދި ދޮންނަމެޝިން އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން ތައާރަފްކޮށްފިއެވެ. 

Ads by Sosun Fihaara

އެސްޓީއޯއިން މި އުފެއްދުންތައް ތައާރަފް ކޮށްފައިވަނީ "ސެވް ދަ ވޯލްޑް" ނަމުގައި މިއަދު ބޭއްވި އިވެންޓެއްގައެވެ. މި އިވެންޓުގައި އާ އުފެްއްދުންތައް އިފްތިތާހުކޮށްދެއްވާފައިވަނީ އެންވައިރަމެންޓް މިނިސްޓްރީގެ ޕާމަނެންޓް ސެކެރެޓަރީ އަޖުވަދު މުސްތަފާއާއި އެސްޓީއޯގެ އެމްޑީ ޝިމާާދު އިބްރާހިމެވެ. 

"ހަކަތަރި" ލޭބަލަކީ ކަރަންޓު ސާމާނުން ހަކަތަ ބޭނުންކުރާ ވަރާއި އެ ތަކެތީގެ އެފިޝިއެންސީ ދައްކައިދޭން ޖަހާ ލޭބަލެކެވެ.

އާންމު ދިރިއުޅުމުގައި ކަރަންޓުން ބޭނުންކުރާ ތަކެތީގެ މަސައްކަތުގެ މިންވަރާއި ހަކަތަ ބޭނުންކުރާ މިންވަރު ހަކަތަރި ލޭބަލް އިން ފެންނާނެ އެވެ. އަދި އެ ލޭބަލްގައި އިންނަ އެފިޝިއެންސީ މިން ކޮށްދޭ ފަސްތަރިން، ގިނައިން ކަރަންޓު ހަރަދު އަރާ ތަކެތި ފާހަގަކުރަން ފަސޭހަވާނެ އެވެ.

ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމަށް ބާރު އަޅަން 2021 ގައި ފެށި މި ޕްރޮގްރާމްގައި އެންމެ ފުރަތަމަ ބައިވެރިވެފައިވަނީ އެސްޓީއޯއިންނެވެ.

މުޖްތަމައަށް ފައިދާކުރުވާ ޒަމާނީއާކަންކަން ތައާރަފް ކުރުމުގައި ހާއްސަ އިސްކަމެއްދޭ އެސްޓީއޯއިން ވަނީ 12 މެެއި 2022 ގައި ފުރަތަމަ ފަހަރަށް ރާއްޖޭގެ ބާޒާރަށް ހަކަތަރި ލޭބަލް ޖެހި ހިޓާޗީ އޭސީ ތައާރަފް ކޮށްފައެވެ. އެސްޓީއޯއިން ހަކަތަރި ލޭބަލް ޖެހި އޭ.ސީގެ ތެރޭގައި އެއް ތަރީގެ ރޭޓިންގެ އޭސީތަކަށްވުރެ %42 ކަރަންޓް މަދުން ކަރަންޓު ބޭނުންކުރާ އޭސީތައް ހިމެނެއެވެ. 

މީގެ އިތުރުން މިދިޔަ އަހަރު ހިޓާޗީ ފްރިޖްގެ 14 މޮޑެލްއެއްގައި ހަކަތަރީގެ ލޭބަލް ޖަހާ އިތުރަށް ފުޅާކޮށްފައިވާ ކަމަށް އެސްޓީއޯއިން ބުނެއެވެ. މި 14 މޮޑެލްގެ ތެރޭގައި ތިން ތަރި އަދި ހަތަރު ތަރީގެ ލޭބަލް ހިމެނެއެވެ. 

އެސްޓީއޯއިން ބުނީ އެ ކުންފުނިން ހަކަތަރި ޕްރޮގްރާމްގައި ބައިވެރިވި އެންމެ ބޮޑު ސަބަބަކީ އެސްޓީއޯ އިން ވިއްކާ މުދަލަކީ ތިމާވެއްޓާ ރަައްޓެހި އަދި ކަރަންޓު ހަރަދު ކުޑަކޮށްްދޭ ކަސްޓަމަރުންނަށް އެކަމުގެ ސަބަބުން މުދާ ބައްލަވާގަންނަވާ އިރު އެ މުދަލަކީ ހަރަދު ކުޑަ މުދާ ކަން އަންގައިފިނުން ކަމަށެވެ. 

ކުރިއަށް އޮތް ތަނުގައި ވެސް ހިޓާޗީ ބްރޭންޑުގެ ހަކަތަރި ޖެހި އިތުރު ޕްރޮޑަކްޓުތައް މާކެޓަށް ނެރޭނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!