ޚަބަރު

ޖަމީލަށް ޖަލުގައި ކަން ކުރި ގޮތް ފުރިހަމައަށް ބަލަން ނަޝީދު ގޮވާލައްވައިފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ކުރީގެ ރައީސް މުހައްމަދު ނަޝީދު

ކ. މާފުށީ ޖަލުގައި އިއްޔެ ނިޔާވި ށ. ފުނަދޫ ޒަމާނީވިލާ މުހައްމަދު ޖަމީލު، 45އ, އަށް ޖަލުގައި ކަންކުރި ގޮތުގެ ފުރިހަމަ ތަހުގީގެއް ހިންގަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.

Ads by MWSC

ރާއްޖޭގެ ރައީސްކަން ތިން އަހަރެއްހާ ދުވަހު ކުރެއްވި އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ހަތަރު އަހަރެއްހާ ދުވަހު ކުރެއްވި ނަޝީދު ވިދާޅުވީ އެ މައްސަލައަކީ ނުހަނު ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.

"އެ ކަންވީ ގޮތް ފުރިހަމައަށް ތަހުގީގު ކުރަން ޖެހޭ،" ފެހި ގާނޫނު އަސާސީގައި ފުރަތަމަ ޑިމޮކްރެޓިކް އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ނަޝީދު ލިޔުއްވާފައިވެ އެވެ.

ޖަމީލު ނިޔާވީ ޖަލުގައި ލިބުނު އަނިޔާތަކަށް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވާހަކަތަކެއް ދައުރުކުރުވަން ފެށި އެވެ. އެ ވާހަކަ ފަތުރާ މީހުން އެކަމަށް ބާރު ދެނީ ޖަމީލު މަރުވެފައި އޮއްވާ ނަގާފައިވާ ފޮޓޯތަކެއް ބޭނުންކޮށްގެންނެވެ. އެ ފޮޓޯތަކުން ޖަމީލުގެ ހަށިގަނޑުން އަނިޔާގެ ނިޝާންތަކެއް ކަމަށް ބެލެވޭ ނިޝާންތަކެއް ފެނުނެވެ.

އެހެންވެ ޖަމީލުގެ މަރާ ގުޅޭ ގޮތުން މީޑިއާތަކަށް މައުލޫމާތު ދިނުމަށް ހޯމް މިނިސްޓްރީއާ އެ މިނިސްޓްރީގެ ދަށުން ހިންގަމުންދާ އިދާރާތަކުން ވަނީ މިއަދު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފަ އެވެ. އަދި ޖަމީލުގެ އެންމެ ފަހުގެ ހަރަކާތްތައް ފެންނަ ސީސީޓީވީ ފޫޓޭޖު ވެސް ދައްކައިލި އެވެ.

އެ ޕްރެސް ބްރީފިންގައި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ސާމިހު ވިދާޅުވީ ޖަމީލު އެންމެ ފަހުން ގޮޅިއަށް ވަދެފައި ވަނީ ބުރަސްފަތި ދުވަހުގެ ރޭގަނޑު 9:30 ހާއިރު ކަމަށެވެ. އެއަށް ފަހު އެ ގޮޅިއަށް އެއްވެސް މީހަކު ވަދެފައިނުވާ ކަމަށެވެ. އޭގެ އަނެއް ދުވަހު އާއްމު އުސޫލުގެ ދަށުން ޕްރިޒަން އޮފިސަރުން ގޮޅިއަށް ޒިޔާރަތްކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް ގޮޅީގެ ތެރެއަށް އޮފިސަރަކު ނުވަންނަ ކަމަށެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން ވެސް ވިދާޅުވީ ހަތަރު ގަޑިއިރު ވަން ދެން ވެސް ޖަމީލަށް ވީ ގޮތެއް ނުބެލުމާއި ކަރެކްޝަންސްގެ އޮފިސަރުންނަށް އެ ކަން ނޭނގި ތިބުމަކީ މައްސަލައެއް ކަމަށެވެ. ކޮންމެ ގަޑިއިރަކުން ގައިދީގެ ހާލަތު ބަލަން ޖެހޭ ގޮތަށް ކަންކަން އިންތިޒާމު ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

Ads by HDC
  1. ކޮޔާ

    ޖަމީލު ވާނުވާގައި ކިތަށް އަހަރު ؟

    • ާާެްެަުުެަްިިއާމިނަތު

      ނަފްސާ މީހުން ބަންދު ކުރަންވާނީ ވަކިމަރުކަޒު ކަންހަމަޖަސަައްވީ.ބަލިމީހުން ޖަލަންލުންްްްްްެެެްއެހާރަގަޅުކަމެެއްނޫ.ފުރަތަމަ ނަފްސާނީމީހުނަންފަރުވަާދިނު މުހިއްމީ.އަދިވެސް އެކަންރަގަޅު ކުރެވޭތޮބަލާ