ޚަބަރު

އާސަންދައިގެ އޮޑިޓެއް ހަދައިދޭނެ ބަޔަކު ނުވެގެން އަނެއްކާ އިއުލާންކޮށްފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

ދިވެހިންގެ މެޑިކަލް އިންޝުއަރެންސް ކުންފުނި، އާސަންދަ ކުންފުނީގެ އިންޓާނަލް އޮޑިޓެއް ހަދައިދޭނެ ބަޔަކު ހޯދަން އެ ކުންފުނިން މިއަދު އަނެއްކާ ވެސް އިއުލާންކޮށްފި އެވެ.

Ads by Sosun Fihaara

އާސަންދަ ކުންފުނިން ފޯރުކޮށްދޭ ސިއްހީ ހިދުމަތުގެ އަގު ދެއްކުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް އަބަދުވެސް ތުހުމަތުކުރެވޭ އިރު ކުންފުނީގެ އިންޓާނަލް އޮޑިޓެއް ހެދުމަށް ބަޔަކު ހޯދަން ފުރަތަމަ އިއުލާންކުރީ މިދިޔަ ޖޫން މަހު 26 ވަނަ ދުވަހުގަ އެވެ.

އެ އިއުލާނަށް އެއްވެސް ބަޔަކު ޝައުގުވެރިކަން ފާޅުކޮށްފައިނުވާތީވެ އާސަންދަ ކުންފުނިން މިއަދު އިއުލާންކުރީ މި މަހުގެ އަށްވަނަ ދުވަހުގެ ކުރިން އެ ކަމަށް ޝައުގުވެރިވާ ފަރާތެއްވާނަމަ އެ ކަމަށް އެދި ހުށަހެޅުމަށެވެ.

"ރެޖިސްޓްރީ ކުރެއްވުމަށް، [email protected] އަށް ބީލަމަށް ކުރިމަތިލާ ފަރާތުގެ ފުރިހަމަ ނަމާއި، ފޯނު ނަމްބަރު، އައިޑީ ކާޑު ނަމްބަރު އަދި އީމެއިލް އެޑްރެސް ޖެއްސެވުމަށްފަހު މެއިލް ކުރެއްވުން އެދެމެވެ. އަދި ރަޖިސްޓްރީ ކުރުމަށް ފޮނުވާ އީމެއިލްގައި މި އިޢުލާން ނަމްބަރު ޖެއްސެވުން އެދެމެވެ." އިއުލާނުގައިވެ އެވެ.

އާސަންދަ ކުންފުނީގެ ހަރަދުތައް ބޮޑުވާ ސަބަބަކީ، ބައެއް ވިޔަފާރިތަކުގެ ނާޖާއިޒު ފައިދާއަށް އަދި ބޭރުގެ ބައެއް ހޮސްޕިޓަލުތަކަށް ބޮޑެތި އަދަދުތަކުން އަގު އަދާ ކުރަން ޖެހުން ކަމަށް ބައެއް މީހުން ބުނެ އެވެ. އެ ތުހުމަތުތައް ބަލައި އާސަންދަ ކުންފުނި މެނޭޖު ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!