އިލްމުގެ "ލާމަށް" ދެވަނަ ސީޒަނުގައި ގިނަ ހަރަކާތްތަކާއެކު ގިނަ އިލްމުވެރިން
އިސްލާމް ދީނުގެ ދަރުސްތަކާއި ދީީނީ ހޭލުންތެރިކަން އިތުރު ކުރުމަށް މަސައްކަތް ކުރާ "އިލްމު" ޖަމިއްޔާއިން ހިންގާ "ލާމަށް" ދެވަަނަ ސީޒަންގެ ހަރަކާތްތައް ފެށުމަށް ތައްޔާރުވެއްޖެ އެވެ.
މާދަމާ ފަށާ އެ ޕްރޮގްރާމަކީ ޖަމިއްޔަތުއްސަލަފާއި ލާމު ޕޮލިސް އަދި ލ. އަތޮޅު ކައުންސިލާއި ލ. އަތޮޅުގެ ހުރިހާ ރަށެއްގެ ކައުންސިލްތަކާއި ގުޅިގެން, އެ އަތޮޅުގައި މީހުން ދިރިއުޅޭ 11 ރަށުގައި ކުރިއަށް ގެންދާ ގިނަ ހަރަކާތްތަކެއް ހިމެނޭ ޕްރޮގްރާމެކެވެ.
މީގެ ދެ އަހަރު ކުރިން މި ޕްރޮގްރާމުގެ ފުރަތަމަ ސީޒަން ކުރިއަށް ގެންގޮސްފައިވާއިރު މި އަހަރުގެ ސީޒަނުގައި ގިނަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ރާވައިފަ އެވެ.
މި އަހަރުގެ ސީޒަނުގައި ހިންގާ ހަރަކާތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ހަރަކާތްތަކަކީ؛
- ނަމާދުން އުފާވެރިކަން (ނަމާދު ވޯކްޝޮޕް)
- ކީއްވެ ތިހެން ތިހަަދަނީ؟
- ބީއަ ބަޑީ (ބުލީއާ ދެކޮޅު ކެމްޕެއިން)
- ދީނާރު (އިސްލާމިކް ފައިނޭންސް ވޯކްޝޮޕް)
- އިސްވާރު (ލީޑާޝިޕް އަދި ވޯކް އެތިކްސް)
- ސިހުރާއި އެސްފީނާ (ހަގީގަތާއި ފަރުވާ)
- ކާމިޔާބު ބެލެނިވެރިޔާ
- ދުޅަހެޔޮ އާއިލާ
މި އަހަރުގެ ސީޒަނުގައި ގިނަ ދީނީ އިލްމުވެރިންނާ އެކު ބޮޑު ޓީމެއް ބައިވެރިވުމަށް ވަނީ ހަމަޖެހިފަ އެވެ. އެއީ؛
- އައްޝައިހް އަބްދުﷲ ބުނު މުހައްމަދު - ޖަމިއްޔަތުއް ސަލަފުގެ ރައީސް
- ޑރ. އަލީ ޒާހިރު ބިން ސައީދު ގާސިމް - އައިޔޫއެމްގެ ވައިސް ޗާންސެލާ
- އައްޝައިހް އަހްމަދު ސަމީރު - ސަލަފުގެ އިލްމުވެރީންގެ މަޖިލީހުގެ ރައީސް
- އައްޝައިހް މުހައްމަދު ސިނާން - ޑެޕިއުޓީ ވައިސް ރެކްޓަރު، ޒިކްރާ އިންޓަނޭޝަނަލް ކޮލެޖް
- އައްޝައިހް މުހައްމަދު މަންސޫރު - ޑީން، ފެކަލްޓީ އޮފް ގުރުއާން އެންޑް ސުންނާ (އައިޔޫއެމް)
- އަހްމަދު މުހައްމަދު - ބޯލްޑްޕޮއިންޓް ޕްރައިވެޓް ލިމިޑެޓްގެ ފައުންޑާ
- ޑރ. އަހްމަދު ފައިސަލް - ޕީޑިއެޓްރިޝަން (އައިޖީއެމްއެޗް)
- އައްޝައިހް މުޖްތަބާ ހަމީދު - ސަލަފުގެ ދައުވާ ކޯޑިނޭޓާ
- އައްޝައިހް ހަސަން ޒިޔާން - ޝަރިއާ ކޮމްޕަލަޔަންސް އޮފިސަރު
- އައްޝައިހް ޝުއައިބު ނާޒިމް - ހަދީސް ޓީޗަރު (އަރަބިއްޔާ ސުކޫލު)
- އައްޝައިހް އާދަމް ބަޝީރު - ޝަރީއާ ކޮމްޕަލަޔަންސް އޮފިސަރު (އަޔާދީ ތަކާފުލް)
- އައްޝައިހް އަބްދުﷲ ހާމިދު - އިލްމުގެ ޖެނެރަލް ސެކްރެޓަރީ
- އަކްރަމް އަބްދުލްޣަނީ - ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން
- އަހްމަދު ހަމީދު އާދަމް - ޑެޕިއުޓީ އެޑިޓަރު (ދަ މިރާ)
ގުރުއަަތުން ހޮވޭ ބައިވެރިންނަށް އިނާމުތަކެއް ދިނުމަށް ވެސް މި ފަހަރު ހަމަޖެހިފައިވެ އެވެ. އެ ގޮތުން އެއްވަނަ އިނާމަކީ އުމްރާ ދަތުރެކެވެ. ދެވަނަ އިނާމަކަށް ހަމަޖެހިފައިވަނީ ފްރީ ސްޓޭންޑް އަވަނެކެވެ. ތިންވަނަ އިނާމަކަށް އޮތީ ވެކިއުމް ކުލީނާ އެކެވެ.