10 މީހުންނާއެކު ދަތުރުކުރި ދޯންޏެއް ލޯފަރު ފަރަށް އަރައިފި

10 މީހުންނާއެކު ދަތުރުކުރި ދޯންޏެއް ނ. ލޯފަރު ފަރަށް އަރައިފި އެވެ.
އެމްއެންޑީއެފުން ބުނީ 10 މީހުންނާ އެކު ދަތުރުކުރަނިކޮށް ލޯފަރު ފަރަށް އެރި ށ. ވަނގާރުން މާލެއަށް ދަތުރުކުރި "ނަސްފަރު" ދޯނި ކަމަށެވެ.
"ނަސްފަރު" ދޯނި ލޯފަރު ފަރަށް އަރާފައި ވަނީ ރޭ ދަންވަރު ކަމަށާއި ދޯނި ދިޔަވަމުންދާތީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ އިދާރާއިން ބުނެ އެވެ.
އެ އިދާރާއިން އިތުރު މައުލޫމާތެއް ހިއްސާއެއް ނުކުރެ އެވެ.