ދުނިޔެ

ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 3 ލައްކައަށް ވުރެ މައްޗަށް!

ދެން އެމްވީ ، ދެން އޮންލައިން

ދުނިޔޭގެ ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ޖެހުނު މިހުންގެ އަދަދު ތިން ލައްކައަށް ވުރެ މައްޗަށް އަރައިފިއެވެ.

Ads by Sosun Fihaara

މިހާތަނަށް 308,257 މީހުންނަށް ކޮވިޑް-19 ޖެހިފައިވާއިރު، މިބަލީގައި މިހާތަނަށް 13,068 މީހުން ވަނީ މަރުވެފައެވެ. އަދި 95,827 މީހުން ވަނީ މި ބަލިން މުޅިން ރަނގަޅު ވެފައެވެ.

ވައިރަހުގެ ސަބަބުން އެންމެ ގިނަ އަދަދަކަށް މީހުން މަރުވެފައިވަނީ އިޓަލީއިންނެވެ. އެގައުމުން ޖުމްލަ 4825 މީހުން މަރުވެފައިވާއިރު މިއީ ވައިރަސް އެންމެ ފުރަތަމަ ފެތުރެން ފެށި އަދި އެންމެ ގަދައަށް ފެތުރުނު ޗައިނާއަށް ވުރެ ގިނަ އަދަދެކެވެ. އިއްޔެ އެކަނިވެސް އިޓަލީއިން 6577 މީހުންނަށް މިވައިރަސް ޖެހިފައިވެއެވެ.

ކޮވިޑް-19 އެންމެ ގަދައަށް ފެތުރުނު ޗައިނާގައި ވައިރަސް ކޮންޓްރޯލް ކުރެވިފައިވީނަމަވެސް އިއްޔެ އެގައުމުން އިތުރު 41 މީހަކަށްޖެހި ހަތް މީހުން ވަނީ މަރުވެފައެވެ.

ޗައިނާއިން ވައިރަހުގެ ސަބަބުން ޖުމްލަ 3255 މީހުން މަރުވެފައިވާއިރު ޗައިނާގައި ވަނީ މިހާރު ވައިރަސް މުޅިން ކޮންޓްރޯލް ކުރެވިފައެވެ. ތިން ވަނައަށް އެންމެ ގިނަ މީހުން މަރުވެފައިވަނީ އިރާން ގައެވެ. އެގައުމުން ޖުމްލަ 1556 މީހުން ވަނީ މަރުވެފައެވެ.

ޔޫރަޕުގެ ގިނަ ގައުމުތަކުގައި ވައިރަސް ހަލުވިކަމާއެކު ފެތުރެމުން އަންނައިރު ސްޕެއިން އިން ވަނީ 25،000 ވުރެ ގިނަ މީހުނަށް ވައިރަސް ޖެހި 1300 އަށް ވުރެ ގިނަ މީހުން މަރުވެފައެވެ. ޖަރުމަނުގައި ވެސް ވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ 21،000 ހާހަށް ވުރެ ގިނަވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!