ޚަބަރު

އަލިފާނުގެ ހާދިސާ: އެކަކު ފިޔަވާ އެންމެން ހޮސްޕިޓަލުން ދޫކޮށްލައިފި

މަރިޔަމް އުމްނާ އިސްމާޢިލް ، ދެން އޮންލައިން
މ. އެންޒިއަން ގައި އަލިފާނުގެ ހދިސާައެއް ހިނގައި ތަން ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދާަފަ (ފޮޓޯ/ އެމްއެންޑީއެފް)

މ. އެންޒިއަން ގޭގެ 3ބީ އެޕާޓްމަންޓުގައި މިދިޔަ ބުރާސްފަތި ދުވަހު އަލިފާނުގެ ހާދިސާއެއް ހިނގައިގެން އައިޖީއެމްއެޗް ހޮސްޕިޓަލަށް ފަރުވާއަށް ގެންދިޔަ މީހުންގެ ތެރެއިން އެކަކު ފިޔަވާ އެހެން އެންމެން ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ.

Ads by STELCO

އެ ހާދިސާގައި ހާލުދެރަވި 5 މީހަކު ހޮސްޕިޓަލަށް ގެންދިޔަ އެވެ. އޭގެ ތެރެއިން ހަތަރު މީހުންނަށް އިމާޖެންސީގައި ފަރުވާދިން އިރު އެކަކަށް އައިސީޔޫގައި ފަރުވާދިނެވެ.

އައިޖީއެމްއެޗް އިން މިއަދު 'ދެން' އަށް މައުލޫމާތު ދިން ގޮތުގައި ހަތަރު މީހެއްގެ ހާލު ރަނގަޅުވުމުން ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށެވެ. އަދި އަނެއް މީހާގެ ހާލު ރަނގަޅުވަމުންދާތީ ފަރުވާދެމުންދަނީ ވޯޑުގައި ކަމަށެވެ.

މި ހާދިސާގައި އެޕާޓްމަންޓަށް ދިރިނޫޅެވޭ ވަރަށް ގެއްލުންވި އެވެ. އެހެންވެ ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް (އެންޑީއެމްއޭ) އިން ވަނީ އެތަަނުގައި ދިރިއުޅުނު މީހުންނަށް 15 ދުވަހުގެ ވަގުތީ ހިިޔާ ހަމަޖައްސައިދީފަ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!