ޚަބަރު

ދެ މާރުކޭޓް ރެއިޑްކޮށް ހަ ބިދޭސީން ހައްޔަރުކޮށްފި

މަރިޔަމް އުމްނާ އިސްމާޢިލް ، ދެން އޮންލައިން
ރޭ ހިންގި އޮޕަރޭޝަންގައި ހަ ބިދޭސީއަކު ވަނީ ހައްޔަރުކޮށްފައި

ގަވާއިދާ ހިލާފަށް ބިދޭސީން ހިންގަމުންދާ ވިޔަފާރިތައް ހޯދުމުގެ މަސައްކަތްކުރަން އިމިގްރޭޝަނުން ކުރިއަށް ގެންދާ އޮޕަރޭޝަންގެ ތެރެއިން ރޭ ދެ މާރުކޭޓެއް ބަލައި ފާސްކޮށް ހަ ބިދޭސީއަކު ހައްުޔަރުކޮށްފި އެވެ.

Ads by MWSC

ބޮއްސުންލާފައިވާ ބިދޭސީންގެ މައްސަލަ ހައްލުކުރަން ކޮންމެ ސަރުކާރުންވެސް މަސައްކަތް ކުރާހެން މި ސަރުކާރުންވެސް ދަނީ އެކަމަށް ހައްލެއް ހޯދޭނެ ގޮތްތައް ހޯދަމުންނެވެ.

އިމިގްރޭޝަންގެ ރަސްމީ އެކައުންޓުން "އެކްސް"ގައި ކުރި ޕޯސްޓެއްގައި ބުނީ، ގަވާއިދާ ހިލާފަށް ބިދޭސީން ހިންގަމުންދާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށް ކުރިއަށްގެންދާ ރެއިޑް އޮޕަރޭޝަންތަކުގެ ތެރެއިން ރޭ ގައި މާލެ ސަރަހައްދުގައި ހިންގަމުންދާ ދެ މާރުކޭޓެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

އެ އޮޕަރޭޝަންގައި 04 ބިދޭސީ ފިރިހެނަކާއި 02 ބިދޭސީ އަންހެނަކު ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ. ކުރިއަށް އޮތްތަނުގައި ވެސް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

ސަރުކާރުން އަމާޒު ހިފާފައިވަނީ ކުރިއަށް އޮތް 3 އަހަަރު ތެރޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށެވެ. ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ އިނގިލީގެ ނިޝާނާއި ފޮޓޯ ނެގުމުގެ މަސައްކަތް ކުރިއަށް އެބަދެ އެވެ.

ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނާއި ގުޅިގެން ދޫކުރާ ހުއްދަތަކަށް ވަޒީފާއާ ބެހޭ ގާނޫނާއި ގަވާއިދުގެ ދަށުން ދައްކަންޖެހޭ ފީތަކާއި ޖޫރިމަނާތައް، 10،619 ވަޒީފާދޭ ފަރާތުގެ ނަންމަތީގައި ރަޖިސްޓަރީ ކޮށްފައިވާއިރު 102،807 ބިދޭސީ މަސައްކަތްތެރީންގެ ފީގެ ގޮތުގައި ދައުލަތަށް 1.7 މިލިއަނެއްހާ ރުފިޔާ ދައްކަން ޖެހެ އެވެ.

Ads by Ooredoo
  1. ޢެމީހަކު

    މިއޮތް ހުރިހާ ދުވަހު އިމިޤުރޭޝަން އޮތީ ނިދާފަތަ އެހުރިހާ މީހުން މި ތަނަށް ގެނައިއިރު ރިޝްވަތު ކައިގެން އެބައިމީހުން މިތަނަށް އެތެރެ ކުރި މީހުންނާ ދޭތެރޭވެސް ފިޔަވަޅު އަޅަންޖެހޭ