ޚަބަރު

ޝަހީމްގެ ދަރިއަށް ވަޒީފާ ދިން ހަބަރު ދޮގުކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ޝަހީމް، ދަރިފުޅު މާހިލްއާ އެކު

މެލޭޝިޔާގައި ހުންނަ ދިވެހި އެމްބަސީން އިސްލާމިކް މިނިސްޓަރު ޑރ ޝަހީމް އަލީ ސައީދުގެ ދަރިކަލުން އަބްދުﷲ މާހިލް ޝަހީމަށް އެއްލައްކަ ރުފިޔާގެ މުސާރައެއް ލިބޭ މަގާމެއް ހަމަޖެއްސި ވާހަކައަކީ ދޮގެއްކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.

Ads by MWSC

ޝަހީމްގެ ދަރިފުޅަށް މެލޭޝިއާ އެމްބަސީ އިން މަގާމެއް ދިން ކަމަށް ބުނެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވެ އެވެ. އެކަމާއި ގުޅޭ ގޮތުން ސަރުކާރުގެ އިސް އޮފިޝަލަކު "ދެން" އަށް ވިދާޅުވީ އެމްބަސީން މަގާމެއް ދީފައިވާ ކަމަށް ދެކެވޭ ވާހަކަ އަކީ ދޮގެއް ކަމަށެވެ.

'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ޝަހީމް ވިދާޅުވީ ދަރިޔަކު، ނުވަތަ އާއިލާގެ މެންބަރަކު ކިޔަވައިގެން ހުރި ދާއިރާއަކުން ހިދުމަތްކުރަން އެމީހަކަށް ލިބޭ ފުރުސަތަކީ ނާޖާއިޒް ގޮތުގައި ހޯދައިދޭނެ ފުރުސަތެއް ނޫން ކަމަށެވެ. އަދި ދައުލަތުގެ މުދަލާއި މަގާމާއި ފައިސާ ނާޖާއިޒު ގޮތުގައި ބޭނުންނުކުރާނެ ކަމުގެ ޔަގީންކަން ޝަހީމް ވަނީ ދެއްވާފަ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!