ޚަބަރު

ނުއަގުގައި ދޯންޏެއް ކުއްޔަށް ހިފި ކަމަށް ދެކެވޭ ވާހަކަ ފެނަކައިން ދޮގުކޮށްފި

މަރިޔަމް އުމްނާ އިސްމާޢިލް ، ދެން އޮންލައިން
ފެނަކަ ކުންފުނީގެ އެމްޑީ މުއާޒު

ރަށްރަށުގެ ފެނާއި ނަރުދަމާ ގާއިމުކުރުމަށްޓަކައި ބޭނުންވާ ސާމާނު ފޮނުވުމަަށް ޓަކައި ފެނަކަ ކޯޕަރޭޝަނުން ނުއަގުގައި ދޯންޏެއް ހިފި ކަމަށް ބުނާ ވާހަކަ އެ ކުންފުނިން މިރޭ ދޮގުކޮށްފި އެވެ.

Ads by MWSC

ފެނަކައިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އެ ވާހަކަ ދައުރުކުރަމުންދަނީ އެ ކުންފުނިން އެކި ތާރީހުތަކުގައި ތަފާތު ބޭނުންތަކަށް ކޮށްފައިވާ މުއާމަލާތްތަކެއްގެ ލިޔެކިއުންތަކެއް ނަކަލުކޮށްގެން، އެއީ އެއްކަމަކަށް ކޮށްފައިވާ މުއާމަލާތެއް ކަމަށް ދޭހަވާ ގޮތަށް ކަމަށެވެ.

" ... ފިތުނަވެރި ވާހަކަތަކާއި އަޑުތައް ބޭނުންކޮށްގެން ކުންފުނީގެ ސާފުވަމުންދާ ނަން ކިލަނބުކުރުމަށް ބައެއް ފަރާތްތަކުން ކުރަމުންދާ ނާތަހުޒީބު މަސައްކަތްތަކަކީ ނިހާޔަތަށް ގައިރު ޒިންމާދާރު އަަދި މިނިވަން ނޫސްވެރިކަމުގެ ނިވަލުގައި ތިބެ، މުޖުތަމަައު ފަސާދަ ކުރުމަށް ރޭވިގެން ހިންގާ ސިލްސިލާގެ ތެރެއިން ބޮޅެއް ކަމުގަައި ދަންނަވަމެވެ.." ފެނަކަ އިން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

މީގެ ކުރިން ވަކި ދަތުރުތަކަށް ދޯނި ފަހަރު ނަގައި، އެވްރެޖްގޮތެއްގައި ހަތް މިލިއަން ރުފިޔާ މަހެއްގެ މައްޗަަށް ދަތުރުފަތުރަށް ހަމަޖައްސައި އެކަމުން ނާޖާއިޒު ފައިދާތަކެއް ބަޔަކު ނަގާފައި އޮތް އޮތުން މިހާރު ނިމުމަކަށް ގެނެސްފައިވާ ކަމަށް ފެނަކަ ކުންފުނިން ބުންޏެވެ.

އަދި މިހާރު އެ ކުންފުނީގެ ދަތުރުތައް ކުރަނީ އެއްކުރެވެން ހުންނަ ދަތުރުތައް އެއްކޮށް، އެންމެ ހަރަަދު ކުޑަވާނެ ގޮތަކަށް ކަމަށް ބުންޏެވެ.

ފެނަކައިން ދިނީ، ދެފުށް ފެންނަ ހަރުދަނާ ނިޒާމުތަކުގެ ތެރެއިން ރައްޔިތުންނަށް އެންމެ ފަައިދާހުރި ގޮތުގައި ހިދުމަތް ދިނުމުގެ ސިޔާސަތު ތަންފީޒުކުރުމުގައި ސާބިތުކަމާއި އެެކު ކުރިއަށްދާނެ ކަމުގެ ޔަގީންކަމެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!