ޚަބަރު

ޑްރަގު މައްސަލައެއްގެ ތަހުގީގަށް، ތިން މީހަކު ހޯދަނީ

މަރިޔަމް އުމްނާ އިސްމާޢިލް ، ދެން އޮންލައިން

ފުލުހުން ތަހުގީގުކުރަމުންދާ މަސްތުވާތަކެތީގެ މައްސަލައެއްގެ ތަހުގީގަށް ތިން މީހަކު ހާޒިރުކުރަން އިއުލާނުކޮށްފި އެވެ.

Ads by Hajj Corporation

ފުލުހުންގެ ހިދުމަތުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ، އެ މީހުން ހޯދަމުންދަނީ މަސްތުވާތަކެތީގެ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ ކަމަށެވެ.

އެ ތިން މީހުންނަކީ، ކ.ކާށިދޫ ރިވެލި، އީސާ ވަސީމް (37އ) އާއި ކ. ތުލުސްދޫ ބްލޫވޭވް، މުހައްމަދު އިސްމާއިލް (48އ) ގެ އިތުރުން ސ. ހިތަދޫ، ސްޕަންޖްގެ އަހުމަދު ހޫދު، (26އ) އެވެ.

އެ މީހުން ހާޒިރުވާން ޖެހެނީ ފުލުހުން ބުނިގޮތުގައި އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިން ނުވަތަ އެންމެ ކައިރީގައި ހުންނަ ޕޮލިސް ސްޓޭޝަނަކަށެވެ. ހާޒިރުވާން ޖެހެނީ މި މަހުގެ 21 ވަނަ ދުވަހުގެ 12:00 އަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!