ހޯރަފުށީ ފުޓުބޯޅަ ދަނޑުގެ ސަބްބޭސް މަސައްކަތުގެ ބޮޑު ބައެއް ނިންމާލައިފި
ހއ.ހޯރަފުށީ ފުޓުބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރު ކުރުމުގެ މަސައްކަތުގެ ބޮޑުބައެއް ނިންމާލައިފިއެވެ.
މި މަސައްކަތް ކުރާ ފަރާތް ކަމުގައިވާ އެމްޓީސީސީން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ ހއ.ހޯރަފުށީ ފުޓުބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރު ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 61% މަސައްކަތް ނިންމާލެވިފައިވާ ކަމަށެވެ.
މިހާރު މި މަސައްކަތުގެ ތެރެއިން ކުރިއަށް ދަނީ ގައު އެތުރުމާއި ކާނުގެ މަތިގަނޑު އެޅުމުގެ މަސައްކަތާއި، ސަބްބޭސް ފިލް ލެވެލް ކުރުމުގެ މަސައްކަތާއި ކޮނުމުގެ މަސައްކަތް ކަމުގައިވެސް އެމްޓީސީސީގެ މި ޓްވީޓުގައި ވަނީ ބުނެފައެވެ.
ރާއްޖޭގެ ގިނަ ރަށްތަކެއްގައި މިނިސްޓްރީ އޮފް ޔޫތު، ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުގެ ފަރާތުން ފުޓުބޯޅަ ދަނޑުތަކުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެގޮތުން ބައެއް ދަނޑުތަކުގެ މަސައްކަތް މުޅިން ނިމި ބޭނުން ކުރަން ފަށާފައިވާކަން ވެސް ފާހަގަ ކުރެވެއެވެ.