ޚަބަރު

މިފްކޯ ސީއީއޯއަކަށް ޝަރުތު ހަމަވާ މީހަކު ނުލިބުނު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ސަރުކާރުގެ މަސް ކުންފުނި, މިފްކޯއަށް ސީއީއޯއަކު ހޯދަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ކުރި އިއުލާން ބާތިލްކޮށްފި އެވެ.

Ads by MWSC

މިފްކޯއަށް ސީއީއޯއަކު ހޯދަން އިއުލާންކޮށްފައިވަނީ 26 ޖޫންގަ އެވެ. އެ މަގާމަަށް މީހަކު ހޯދަން ހުޅުވައިލީ މަސްވެރިކަމުގެ ދާއިރާގެ ތަޖުރިބާ ހުރި ބޭރުގެ ފަރާތްތަކަށްވެސް ކުރިމަތިލެވޭ ގޮތަށެވެ. އެ މަގާމަށް ކުރިމަތިލުމުގެ ސުން ގަޑި ހަމަވެފައިވަނީ އިއްޔެ އެވެ.

ޕީސީބީން ކުރި އިއުލާނުގައިވާ ގޮތުން އެ މަގާމަށް ކުރިމަތި ލެވޭނީ ބިޒްނަސް މެނޭޖްމެންޓާއި އެޑްމިނިސްޓްރޭޝަން ނުވަތަ ގުޅޭ ދާއިރާއަކުން މާސްޓާސް ޑިގްރީ ފުރިހަމަކޮށްފައިވާ މީހަކަށެވެ. ނުވަތަ ޑިގްރީ ހާސިލުކޮށް، އަދި އަށް އަހަރު ދުވަހުގެ ތަޖުރިބާ ނުވަތަ އިންޓަނޭޝަނަލް ފެންވަރުގެ ކުންފުންޏެއް ހިންގުމުގެ ހަތަރު އަހަރުގެ ތަޖުރިބާ ހުރި މީހަކަށް ވެސް ކުރިމަތި ލެވޭނެ އެވެ.

މިފްކޯގެ ސީއީއޯގެ މުސާރައަކީ, ގާބިލްކަމަށް ބެލުމަށްފަހު 9،500 ޑޮލަރު (146،000ރ.) އާއި 12،000 (185،000ރ.) ދެމެދެވެ.

މިފްކޯގެ ސީއީއޯ/އެމްޑީގެ މަގާމުގައި އެންމެ ފަހުން ހުންނެވީ އަހުމަދު ސަމާހު ރަޝީދެވެ. އޭނަ އެ މަގާމުން ވަކިކޮށް، ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓަކަށް އައްޔަންކުރީ މުިދިޔަ މަހުގެ ތެރޭގަ އެވެ.

މިފްކޯ އަކީ ސަރުކާރުގެ އެންމެ ބޮޑު ވިޔަފާރި ކުންފުނި، އެސްޓީއޯގެ ސަބްސިޑަރީއެކެވެ. އެ ކުންފުނި ވުޖޫދަށް އައީ ނޮވެމްބަރު 1، 1993 ގަ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!