ޚަބަރު

ހާފިޒުންގެ އިނާޔަތް ދެގުނަ ބޮޑުކުރާނަން: ރައީސް މުއިއްޒު

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

ހާފިޒުންގެ އިނާޔަތް ދެގުނަ ބޮޑުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

Ads by MWSC

ހާފިޒުންގެ ދަސްވެނިވުމާއި ގައުމީ ޤުރްއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ބޭއްވި ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ މި ސަރުކާރުގެ ސިޔާސަތަކީ ޤުރްއާން އަދި ދީނީ އިލްމު ފެތުރުމަށް އިސްކަން ދިނުން ކަމަށެވެ.

އެ ގޮތުން ދީނީ އިލްމު ފެތުރުމާއި ހާފިޒުން ތަމްރީނު ކުރުމަކީ ހޭދަކުރުން އިތުރުކޮށްގެން ކުރެވޭ މަސައްކަތަކަށް ހެދުން ކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.

ހޭދަކުރުން އިތުރުކުރާނީ ވަސީލަތްތަކާއި ހަރަކާތްތައް އިތުރު ކުރުމުގެ އިތުރަށް އެ މަސައްކަތުގައި ބައިވެރިވާ ފަރާތްތަކަށް އަގުވަޒަންކުރުމާއި ހިތްވަރު ދިނުމާއި އުޖޫރަ ދިނުމުގައި ވެސް އިތުރުކޮށްގެން ކަމަށް ވިދާޅުވި އެވެ.

"އެއީ ސިޔާސަތަކީ، ހާފިޒުންގެ އިނާޔަތް ވެސް ދެގުނައަށް ބޮޑުކުރެވިގެން ދާނެ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

މީގެ އިތުރުން ކީރިތި ޤުރްއާނާ ބެހޭ މަރުކަޒަށް އާ ބިމެއް ހަމަޖައްސައި އާ އިމާރާތެއް އެޅުމަށް ނިންމާފައިވާ ކަމާއި ކީރިތި ޤުރްއާނުގެ އިލްމު ދައްކުވައިދޭ ދާއިމީ މަރުކަޒެއް އަޅަން ނިންމާފައިވާ ކަން ރައީސް މިރޭ އިއުލާން ކުރެއްވި އެވެ.

Ads by Allied Insurance
  1. ޢައިސަތު

    ޖީއެސްޓީ ވެސް ކުޑަކޮށްލިއްޔާ ހާދަ ރަގަޅޭ