ދުނިޔެ

އިންޑިއާ އާއި މޮންގޯލިއާ ގުޅިގެން މަސައްކަތްކުރަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިއާ-މޮންގޯލިއާ ޖޮއިންޓް މިލިޓަރީ އެކްސަސައިޒް، ނޯމެޑިކް އެލިފަންޓް 2024 ގެ 16 ވަނަ އެޑިޝަން އަންގާރަ ދުވަހު ނިންމާލާފައިވާއިރު، ކުރިއަށް އޮތް ތަނުގައި ދެ ފަރާތުން ގުޅިގެން ހިންގާ އޮޕަރޭޝަންތަކާ ބެހޭ ގޮތުން މާނަހުރި މަޝްވަރާތަކެއް ކުރިއަށް ގެންދިޔަ އެވެ.

Ads by WAMCO

ޖުލައި މަހުގެ 3 ވަނަ ދުވަހު ފެށި މި އެކްސަސައިޒް ނިންމާލާފައިވަނީ 14 ދުވަހުގެ ވަރުގަދަ ތަމްރީނާއި އެއްބާރުލުން ދިނުމަށް ފަހުއެވެ.

އުމްރޯއީގައި ހުންނަ ޖޮއިންޓް ޓްރެއިނިން ނޯޑްގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މޮންގޯލިއާ ސިފައިންގެ ޗީފް އޮފް ޖެނެރަލް ސްޓާފް މޭޖާ ޖެނެރަލް ގަންބަޔާމްބާ ސުންރެވް އާއި ޓްރިޝަކްތީ ކޯޕްސްގެ ޖީއޯސީ ވައިއެސްއެމްގެ އޭވީއެސްއެމް ލެފްޓިނެންޓް ޖެނެރަލް ޒުބިން އޭ މިންވާލާ އެވެ.

މި ރަސްމިއްޔާތުގައި ދެ ބޭފުޅުން ވަނީ ކުރިއަށް އޮތް ތަނުގައި ޖޮއިންޓް އޮޕަރޭޝަންތަކާ ބެހޭ ގޮތުން މާނަހުރި މަޝްވަރާތަކެއް ކުރައްވާފައެވެ.

އަދި ސަރަޙައްދީ ސަލާމަތާއި ރައްކާތެރިކަމުގެ ރޮނގުން ގުޅުން ބަދަހިކުރުމަށް ދެޤައުމުން އަބަދުވެސް ދެމިތިބޭނެކަމުގެ ޔަޤީންކަން މި އެކްސްޗޭންޖުން ވަނީ ފާހަގަކުރައްވާފައެވެ.

މި ރަސްމިއްޔާތަށްފަހު އިންޑިއާގެ ކޮންޓިންޖެންޓުން ވަނީ ޒަމާނީ ހަތިޔާރާއި އާލާތްތައް ދައްކާލައި އެމީހުންގެ ކުރިއަރާފައިވާ ގާބިލްކަން ދައްކާލާފައެވެ.

މީގެ އިތުރުން، މި މަޢުރަޒުގައި، އިންޑިޔާގެ ދިފާޢީ ޤާބިލުކަން އިތުރުވަމުންދާމިންވަރު އިތުރަށް ހަރުދަނާކޮށް، އަމިއްލަނަފްސުގެ ދަށުން ޓެކްނޮލޮޖީގެ ރޮނގުން ހޯދާފައިވާ ކުރިއެރުންތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!