ކުޅިވަރު

ކޮވިޑް19 ގެ ހިދުމަތްތެރިންގެ ފޮޓޯއިން ޗައިނާގެ އިމާރާތްތައް ދިއްލާލައިފި

ދެން އެމްވީ

ކޮރޯނާގެ ހިތްދަތި ވަގުތުތަކުގައި ޚިދުމަތުގައި ރެޔާދުވާލު ހޭދަކުރި ޑޮކްޓަރުންނާ ނަރުހުންގެ ފޮޓޯތަކުން ޗައިނާގެ ވޫހާން ސިޓީގެ އުސްބިނާތައް މިރޭ ދިއްލާލައިފިއެވެ. ޗައިނާގައި ވައިރަސް މުޅިންހެން ކޮންޓްރޯލްވެފަވާއިރު ވައިރަސް އެންމެ ގަދައަށް ފެތުރުނު ވުހާންއިން ވައިރަސް ނުފެންނަތާ ހަތަރު ދުވަސްވަނީ ވެފައެވެ.

ވައިރަސް ކޮންޓްރޯލުކުރުމުގައި ލިބުނު ބޮޑެތި ކުރިއެރުންތަކާ އެކު ޗައިނާގެ އެކި ސަރަހައްދުތަކުގައި ވަނީ އާންމުން ބޭރުތެރެއަށް ނުކުމެ އުޅުން ފަދަ ކަންކަމުގައި ލުއިތައް ވެސް ދޭން ފަށައިފަ އެވެ. އަދި ވައިރަހާއި ގުޅިގެން ހުޅުވި ވަގުތީ ހޮސްޕިޓަލުތައް ބަންދުކޮށް ގިނަ ސިއްހީ ހިދުމަތްތެރިންވެސް ވަނީ އެނބުރި ގެއަށް ގޮސްފައެވެ.

މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި ޗައިނާއިން ވައިރަސް ފެނުމާއެކު ޗައިނާއިން ވަނީ 81054 މީހަކަށް ވައިރަސް ޖެހި 3261 މީހަކު މަރުވެފައެވެ.

ޗައިނާގައި ވައިރަސް މިހާރު ކޮންޓްރޯލް ކުރެވިފައިވީއިރު މިހާރު ވައިރަސް އެންމެ ގަދައަށް ފެތުރެނީ ޔޫރަޕުގެ ގައުމުތަކުގައި ކަމަށް ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާއިން ހާމަކުރެއެވެ. ވައިރަސް މިހާރު އެންމެ ގަދައަށް މިހާރު ފެތުރެމުންދާ އިޓަލީއިން ވަނީ 53570 މީހުނަށް ވުރެ ގިނަ މީހުން ވައިރަހަށް ޕޮސިޓިވްވެ 4800 މީހުން މަރުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!