ކުޅިވަރު

ކޮވިޑް19: ވަސްނުދުވުމާއި ރަހަނުލުން، އަލާމާތަކަށް ވެދާނެ

ދެން އެމްވީ ، ދެން އޮންލައިން

ހުންއައިސް ކެއްސުމަކާއިނުލާ ވަސްނުދުވުމާއި ރަހަނުލުމަކީ ވެސް ކޮވިޑް19 ގެ އަލާމާތްތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ކޮވިޑް19 ގެ ކޭސްތައް ދިރާސާ ކުރާ އިނގިރޭސިވިލާތުގެ ޑޮކްޓަރުންގެ ޓީމަކުން ބުނެފިއެވެ. އަދި ވައިރަސް ފެތުރޭ ގައުމަކުން މި އަލާމާތްތައް ފެންނަ ނަމަ ގޭގައި އެކަހެރިވެލުން ބުއްދިވެރިކަމަށްވެސް އެފަރާތުން ބުނެފައިވެއެވެ.

Ads by Sosun Fihaara

އެ ޓީމުގެ ޑޮކްޓަރެއް އިތުރަށް ބުނެފައިވާ ގޮތުގައި ވަައިރަސް އެންމެ ގަދައަށް ފެތުރެނީ ނޭފަތް މެދުވެރިކޮށެވެ. އޭނާ ބުނި ގޮތުގައި ގިނަ ޒުވާނުންނަށް ހުންއައިސް ކެއްސުންފަދަ އަލާމާތްތައް މެދުވެެރިނުވެ ވެސް ވައިރަހަށް ޕޮސިޓިވްވާކަމަށާއި އެއާއި ހިލާފަށް ދިމާވަނީ ރަހަނުލުމާއި ވަސްނުދުވުން ފަދަ އަލާމާތްތައް ކަމަށެވެ. އޭގެ މާނައަކީ ވައިރަސް މިހާރު އަމާޒު ހިފައި އެންމެ ގަދައަށް ފެތުރެނީ ނޭފަތުން ކަމުގައިވެސް އޭނާ ބުނެފައިވެއެވެ.

ގަދައަށް ހޮޑުލެވި ފާޚާނާއަށް ދެވުމަކީ ވައިރަހުގެ އެންމެ ފުރަތަމަ އަލާމާތްކަމަށް ފަހުގެ ދިރާސާއަކުން ދައްކައިފައިވެއެވެ. ކޮރޯނާ ވައިރަހުގެ އަލާމާތްތަކުގެ ތެރޭގައި ކުރިން ހީވެފައި އޮތީ ހަމައެކަނި ހުން އައިސް ކެއްސާއި އާދަޔާހިލާފަށް ނޭވާ ކުރުވުމެވެ.

މިހާތަނަަށް ތިން ލައްކައަށް ވުރެ ގިނަ މީހުނަށް ވައިރަސް ޖެހިފައިވާއިރު ވައިރަސް އެންމެ ފުރަތަމަ ފެނުނު ޗައިނާއިންވަނީ ވައިރަސް މުޅިން ކޮންޓްރޯލް ކުރެވިފައެވެ. ޔޫރަޕުގެ ގައުމުތަކުގައި މިހާރު ހަލުވިކަމާއެކު ވައިރަސް ފެތުރެމުން އަންނައިރު ވައިރަސް މިހާރު އެންމެ ގަދައަށް ފެތުރެމުން އަންނަ އިޓަލީއިން ވަނީ 53500 މީހަކު ވައިރަހަށް ޕޮސިޓިވްވެ 4825 މީހުން މަރުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!