ޕާކް ކޮށްފައި އޮތް ކާރަކުން 6 ކޭސް ބަނގުރާ، ޑްރައިވަރު ހޯދަނީ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބާއްވާފަ އޮތް ކާރަކުން ހަ ކޭސް ބަނގުރާ އަތުލައިގަނެފި އެވެ. މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހަކު ހޯދުމަށް ފުލުހުން ވަނީ މިއަދު އިއުލާނުކޮށްފަ އެވެ.
ފުލުހުން ކުރި އިއުލާނުގައި ބުނެފައިވަނީ އެ މައްސަލައާ ގުޅިގެން ހޯދަމުންދަނީ ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ ޓަފްޖޮލް މިޔާ (23އ) ކަމަށެވެ.
އެ ހަ ކޭސް ބަނގުރާ ހޯދާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ވަގުތެއްގައި ވަގުތެއްގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ވިނަރެސް ފްލެޓް ކައިރީ އޮތް ހުސްބިމުގައި ބާއްވާފައި އޮތް ކާރަކުން ނެވެ.
މި ނޫހަށް އެނގިފައިވާ ގޮތުން ފުލުހުން ހޯދަމުންދާ މިހާއަކީ ކާރުގެ ޑްރައިވަރެވެ.
އެހެންވެ، ފުލުހުން ވަނީ ޓަފްޖޮލް މިޔާ އާ ބެހޭ އެއްވެސް މައުލޫމާތެއް ވާނަމަ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަންގެ ނަންބަރު 9393351 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅައި ހިއްސާކުރުމަށް އެދިފަ އެވެ.