ކޮވިޑް19 އިން އަރައިގަތުމަށް ކުރާ މަސައްކަތަށް ރޮނާލްޑޯ މާލީ ގޮތުން އެހީތެރިވަނީ
ކޮވިޑް19 އިން އަރައިގަތުމަށް ކުރާ މަސައްކަތުގައި މާލީ ގޮތުން އެހީވުމަށް މަޝްހޫރު ފުޓުބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއާއި އޭނާގެ އޭޖެންޓު ނިންމައިފިއެވެ.
އެގޮތުން ރޮނާލްޑޯގެ އޭޖެންޓު ޖޯޖް މެންޑްސް ވަނީ ޕޯޗުގަލް ގެ ހޮސްޕިޓަލަކަށް ބޭނުންވާ ސާމާނު ހަދިޔާކޮށްފައެވެ. އެގެ ތެރޭގައި 200,000 މެޑިކަލްގައުންއާއި3 ވެންޓިލޭޓަރ ހަދިޔާ ކޮށްފައިވާކަމަށް ރިޕޯތުތައް ބުނެއެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް އެ ގައުމުގެ އެކި ހޮސްޕިޓަލުތަކަށް 50,000ރައްކާތެރިކަމުގެ ފޭސްމާސްކު ހަދިޔާ ކުރަން ނިންމާފައިވާކަމަށް ވެސް ރިޕޯޓުތައް ބުނެފައިވެއެވެ.
އަހަރަކު 28 މިލިއަން ޔޫރޯ ލިބޭ ޔުވެންޓަސް ގެ ތަރި ރޮނާލްޑޯ މިހާރު ހުރީ ޕޯޗުގަލްގައި އޭނާގެ މަންމަގެ ގާތުގައެވެ. ޔުވެންޓަސް ގެ ކުޅުންތެރިންތަކެއް ވައިރަހަށް ޕޮސިޓިވްވުމާއި ގުޅިގެން އެނބުރި ގައުމަށް ދިއުމުގެ ކުރިން ރޮނާލްޑޯ ވަނީ ކަރަންޓީނުވެސް ކޮށްފައެވެ. ވައިރަަހަށް ޓެސްޓުކުރެވުނު ނަމަވެސް ރޮނާލްޑޮ ވައިރަހަށް ޕޮސިޓިވްވެފައެއް ނުވެއެވެ.
ރޮނާލްޑޯގެ ހޮޓަލްތައް ވައިރަހުގެ ބަލިމީހުންނަށް ފަރުވާ ކުރުމަށް ހޮސްޕިޓަލަކަށް ބަދަލުކުރި ކަމުގެ އަޑު މީގެ ކުރިން ވަނީ ފެތުރިފައެވެ. ނަމަވެސް އެވާހަކަތައް އެ ހޮޓަލުންވަނީ ދޮގުކޮށްފައެވެ.