ޚަބަރު

ޓިކްޓޮކް ލައިވެއްގައި ޒުވާބު ހޫނުވެ، ގެއަކަށް ވަދެ ހަމަނުޖެހުން ހިންގައިފި

މަރިޔަމް އުމްނާ އިސްމާޢިލް ، ދެން އޮންލައިން
މާލޭ މަތިން ނަގާފައިވާ ފޮޓޯއެއް: ފޮޓޯ: ދެން

ސޯޝަލް މީޑީއާ އެޕެއް ކަމަށްވާ ޓިކްޓޮކް ލައިވްސް ސްޓްރީމްގަ ހިނގި ދެބަސްވުމެއްގެ ތެރެއިން މާލޭގެ ގެއަކަށް ވަދެ ހަމަނުޖެހުން ހިންގަން އުޅުނު މައްސަލައެއް ފެންމަތިވެއްޖެ އެވެ.

Ads by STELCO

މި މައްސަލައިގައި ފުލުހުން މިއަދު މީޑިިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ޓިކްޓޮކުގައި ހިނގި ދެބަސްވުމުގެ ތެރެއިން އެ މީހުން ވަނީ މާފަންނު ގައި ހުރި ގެއަކަށް ކަމަށެވެ.

އެގެއަށް ވަދެ ހަމަނުޖެހުން ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި ދެ މީހަކު ބެލުމުގެ ދަށަށް ގެނެއުމަށްފަހު މިހާރު އެ މީހުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން، އެ މީހުން ހައްޔަރުކޮށްގެންދާ މަންޒަރުގެ ވީޑިއޯ ފޭސްބުކްގައި ދަނީ ދައުރުވަމުންނެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

Ads by HDC
  1. ޓިކްޓޮކް

    ރާއްޖެއިން ޓިކްޓޮކް ހުއްޓާލަން ފެނޭ