Friday, 30 October 2026
Advertisement
HDC — Share-Below (leaderboard)
ދުނިޔެ

ކޮވިޑް19: ފަރުވާ ހޯދުމުގައި 20 ގައުމު ވާދަވެރި ކަމުގައި

ދުނިޔޭގެ އެކި ހިސާބުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހަށް ފަރުވާ ހޯދުމަށް 20 ގައުމަކުން ވަރަށް ވާދަވެރިކަމާއެކު މަސައްކަތްކުރަމުންދާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ތިން ލައްކައަށް ވުރެ ގިނަ މީހުންނަށް މި ބަލި ޖެހި 13 ހާސް މީހުން މިހާތަނަށް މަރުވެފައިވާ މި ވައިރަހަށް ވެކްސިންއެއް އަދި އުފެއްދިފައެއް ނުވެއެވެ.

ޗައިނާއާއި އެމެރިކާގެ ސައިންޓިސްޓުން މެދުނުކެނޑި ފަރުވާއެއް އުފެއްދުމުގެ މަސައްކަތް ކުރަމުންއަންނައިރު އިނގިރޭސިވިލާތުގެ ސައިންޓިސްޓުން މިހާރުކުރިއަށް ގެންދަނީ ވައިރަހުގެ ކްލިނިކަލް ޓްރައިސް އެވެ.

Advertisement
HDC — Sidebar (box)

އޭގެ އިތުރުން ވެސް އެމެރިކާގެ ފަރމްއަކުން ވެސް އެމީހުންގެ ޑީއެންއޭ ވެކްސިން ޓެސްޓުކުރުމުގެ މަސައްކަތް އަންނަ މަހުގެ ތެރޭގައި ފަށާނެއެވެ. މި ވެކްސިން އެންމެ ފުރަތަމަ ޓެސްޓުކުރަން ހަމަޖެހިފައިވަނީ 30 ވޮލިންޓިޔަރުންނަށެވެ. އޭގެ ފަހުން ހުރިހާ ކަމެއް ރަނގަޅަށް ގޮސްފިނަމަ އިތުރު 3000 މީހުނަށް ވެކްސިން ޓެސްޓުކުރާނެކަމަށް ވެސް އެ ފަރމްއިން ބުނެއެވެ. ޓެސްޓުކުރާނީ އެމެރިކާ ،ޗައިނާ އަދި ދެކުނު ކޮރެއާގެ މީހުނަށް ވެކްސިން ދީގެންނެވެ.

އޮކްސްފޯރޑް ޔުނިވާސިޓީއިން ވެސް އަންނަނީ އަންނަ މަސްތަކުގެ ތެރޭގައި ވައިރަހަށް ވެކްސިންއެއް އުފެދުމުގެ މަސައްކަތްކުރަމުންނެވެ.

ދުނިޔޭގެ އެކި ހިސާބުތަކުން 20 ވުރެ ގިނަ ގައުމުން ވައިރަހަށް ފަރުވާ ހޯދުމުގެ މަސައްކަތް ކުރަމުންއަންނައިރު ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާއިން ބުނާ ގޮތުގައި މިއީ ދުނިޔެ ކުރިން ނުދެކޭފަދަ ބަލިމަޑުކަމެކެވެ. އަދި މި ބަލިމަޑުކަމުން އަރައިގަތުމަށް ހުރިހާ ގައުމެއް ގުޅިގެން މަސައްކަތްކުރުމަށް ވެސް އެ ޖަމިއްޔާއިންވަނީ ގޮވާލާފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް