ދުނިޔެ

ސައުދީގައި ކޮވިޑް-19 އަށް 511 މީހުން ފައްސިވެ، ކާފިއު އިއުލާން ކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ސައުދީ އަރަބިއްޔާ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު 511 އަށް ވުރެ މައްޗަށް އެރުމާ ގުޅިގެން އެ ގައުމުގައި ކާފިއު އިއުލާން ކޮށްފިއެވެ.

Ads by Sosun Fihaara

ސައުދީން މިހާތަނަށް 511 މީހުން މި ބައްޔަށް ފައްސިވެފައި ވާއިރު، އިއްޔެ އެކަނި ވެސް އެގައުމުން އިތުރު 119 މީހުންނަށް މި ބަލި ވަނީ ޖެހިފައެވެ. އޭގެތެރެއިން 72 މީހުންނަކީ ތުރުކީ އަށް ނިސްބަތްވާ މީހުންނެވެ.

ސައުދީގެ ރޯޔަލް ކޯޓުން ނެރުނު ބަޔާނެއްގައި ވަނީ މި ކާފިއު އިއުލާނުކޮށްފައި ވަނީ 21 ދުވަހައް ކަމަށެވެ. ހޯމަ ދުވަހުން ފެށިގެން ކާފިއުއަށް އަމަލުކުރަށް ފަށާފައިވާއިރު، ކާފިއުގެ ގަޑީއަކީ ރޭގަނޑު 07:00 އިން ހެނދުނު 06:00 އަށެވެ.

ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 17 މީހަކު ރަނގަޅުވެފައިވާކަން ވެސް ސައުދީގެ ހެލްތު މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!