ޚަބަރު

ތ. އަތޮޅު 12 ރަށެއްގައި ސޯލާ ޕީވީ ނިޒާމް ގާއިމްކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ތ. އަތޮޅު 12 ރަށުގައި ސޯލާ ޕީވީ ނިޒާމު ގާއިމްކުުރުމުގެ ރަސްމިއްޔާތުގެ ތެރެއިން/ ފޮޓޯ: އެންވަޔަރަމެންޓް މިނިސްޓްރީ

'ޕޮއިސްޑް" ޕްރޮޖެކްޓްގެ ދަށުން ތ. އަތޮޅުގެ 12 ރަށުގައި ސޯލާ ޕީވީ ނިޒާމް ގާއިމްކޮށްފި އެވެ.

Ads by Sosun Fihaara

އެ 12 ރަށުގައި ގާއިމުކޮށްފައިވާ ސޯލާ ޕީވީ ހައިބްރިޑް ޕަވަސިސްޓަމްތައް އިފްތިތާހުކޮށްދެއްވީ ކްލައިމެޓް ޗޭންޖް އެންވަޔަރަންމަންޓް އެންޑް އެނާޖީ މިނިސްޓަރު ތާރިގު އިބްރާހީމް އެވެ.

މި ނިޒާމުތަކަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ އެހީގައި ސަރުކާރުން ހިންގަމުންދާ ޕްރިޕެއަރިން އައުޓާ އައިލެންޑްސް ފޯސަސްޓެއިނަބަލް އެނާޖީ ޑިވެލޮޕްމަންޓް (ޕޮއިސްޑް) ޕްރޮޖެކްޓުގެ ދަށުން ކުރާ މަސައްކަތެެކެވެ.

އެ ރަސްމިއްޔާތުގައު މިނިސްޓަރު ތާރިގު ވިދާޅުވީ އެ ރަށްތަކުގައި ގާއިމްކޮށްފައިވަނީ 2.5 މެގަވޮޓުގެ ސޯލާ ޕީވީ ހައިބްރިޑްޕަވާ ސިސްޓަމްތަކެއް ކަމަށެވެ. އެ ސިސްޓަމްތަކާއެކު 1.9 މެގަވޮޓުއަވާގެ ބެޓެރީ ސްޓޯރޭޖު ގާއިމުކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެ ސިސްޓަމާއެކު ރާއްޖޭގައި ގާއިމުކުރެވިފައިވާ ސިސްޓަމްތަކުގެ މިންވަރަކީ 67.5 މެގަވޮޓަށްވާއިރު، ސިސްޓަމުތަކުގެ ސަބަބުން އަހަރަކު 1.2 މިލިއަން ލީޓަރުގެ ޑީސަލް ބޭނުންކުރުން މަދުވެގެންދާނެ އެވެ.

ސަރުކާރުން ބުނީ ޕޮއިސްޑް ޕްރޮޖެކްޓުގެ ދަށުން މީހުން ދިރިއުޅޭ 160 ރަށެއްގައި ހުންނަ ޑީސަލް ޕަވަޖެނެރޭޝަން ސިސްޓަމްތައް ސޯލާ ޕީވީ ހައިބްރިޑްސިސްޓަމް ތަކަކަށް ބަދަލުކުރެވޭނެ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!