ދުނިޔެ

ކޮވިޑް19: އުއްމީދީ ފޯންކޯލަކަށް ފަހު ގަޑިއިރުތަކެއްގެ ތެރޭގައި ނެރެން ޖެހެނީ ފުރާނަ ނެތް މަސްގަނޑު

ދެން އެމްވީ ، ދެން އޮންލައިން

ނުރައްކާތެރި ކޮރޯނާ ވައިރަސް އެންމެ ބޮޑަށް ފެތުރެމުންދާ އިޓަލީ ވިލާތް މިވަނީ ބޮޑު ބިރުވެރިކަމެއްގެ ތެރޭގައެވެ. ޚާއްޞަކޮށް އިޓަލީގައި ވެސް މިބަލި އެންމެ ބޮޑަށް ފެތުރޭ ދެކުނު އިޓަލީގެ ބާގަމޯގެ މާހައުލު ވަނީ ބިރުވެރިކަމާއި ނާމާންކަމުން ވަށާލާފައެވެ. ކޮންމެ ދުވަހަކު އެތައް ސަތޭކަ ބަޔަކު މަރުވެ ސަންދޯކުގައި އަޅާއިރު މި ބައްޔަށް ފަރުވާ ކުރާ ޚިދުމަތްތެރީންގެ ހިތްތައް ވެސް ދަނީ ރޮއްވަމުންނެވެ،

Ads by WAMCO

ބާގަމޯގެ ޖިއޮވާނީ ހޮސްޕިޓަލްގެ އައިސީޔޫ ޑައިރެކްޓަރ ޑޮކްޓަރ ލޫކާ ލޮރިނީ ވަނީ އޭނާގެ ހިތްދަތިކަން މީޑިއާއާއި ހިއްސާ ކޮށްފައެވެ. މިގޮތުން ލޮރިނީ ބުނީ އައިސީޔޫގައި ތިބޭ މީހުންގެ ހާލު ބަލާލަން އާއިލާތަކުން ގުޅާކަމަށާއި ، އުއްމީދީ ވާހަކަތަކަކަށް ފަހު ދެން ފެންނަނީ މަރުވެދާ ތަން ކަމަށެވެ.

'' ތިމާގެ މީހުން ނުވަތަ ދަރީން ގުޅާނެ (އައިސީޔޫގައި ފަރުވާ ދެމުންދާ) ބައްޕަގެ ހާލު ބަލާލަން ، ބައްޕަ ބުނާނެ ޙާލު ދެރަ ނަމަވެސް އުއްމީދު އެބައޮތް ކަމަށް ، މިވާހަކަތަކަށްފަހު ފޯން ކޯލް ނިމި ދެތިން ގަޑިއިރު ފަހުން އައިސީޔޫން ނެރެން ޖެހެނީ ފުރާނަ ނެތް މަސްގަނޑު'' އައިސީޔޫގެ ހާލަތު ކިޔައިދެމުން ލޮރިނީ ބުނެފައިއެވެ.

ލޮރިނީ ބުނީ މިއީ ތަކުރާރުވަމުންދާ ހާލަތު ނަމަވެސް އައިސީޔޫގައި މަސައްކަތް ކުރާ މީހަކަށް ވީހިނދު އޭނާ ނުރޯ ކަމަށާއި އެއީ އޭނާއަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

'' އަހަރެން ނުރޮން ، އެއީ އަހަންނަށް ކުރެވޭނެ ކަމެއް ނޫން ، ނަމަވެސް އަހަރެންގެ ހިތް ގިސްލާ ރޮއޭ'' ލޮރިނީ ކިޔައިދީފައިވެއެވެ.

ޗައިނާގެ ވޫހާން އިން އުފެދިގެން އައި ކޮރޯނާ ވައިރަސް އެގައުމުގައި މިހާރު ވަނީ ކޮންޓްރޯލް ވެފައެވެ. މިހާރު މިބަލި އެންމެ ބޮޑަށް ފެތުރެނީ އިޓަލީގައެވެ. އަދި މި ބަލީގައި އެންމެ ގިނަ މީހުން މަރުވަމުން ދަނީ ވެސް އިޓަލީއިންނެވެ. ކޮންމެ ދުވަހަކު އެތައް ސަތޭކަ މީހުންނަށް ކޮރޯނާ ވައިރަސް ޖެހި އިޓަލީގައި މަރުވަމުންދާއިރު އެގައުމުން މަރުވި މީހުންގެ ޖުމްލަ މިހާތަނަށް 5000 އަށް ވުރެ ގިނައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!